ads
ފުވައްމުލަކުގައި 1000 ކިލޯވޮޓްގެ ޓްރާންސްފޯމަރެއް އިންސްޓޯލް ކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: ފެނަކަ
ފުވައްމުލައް ސިޓީގެ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފި
ޓްރާންސްފޯމަރެއް ހަލާކުވުމުގެ ސަބަބުން ކަރަންޓު ކެނޑުނު ފުވައްމުލަކު ސިޓީގެ ހުރިހާ ސަރަހައްދަކަށް މިރޭ އަލުން ކަރަންޓު ދީފައި ވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކައިން ބުނިގޮތަގުއި، މިއަދު 15:35 ގައި ފުވައްމުލަކު ސިޓީގެ ހުރިހާ ސަރަހައްދަކުން ކަރަންޓު ކެނޑުނީ، އެރަށުގައި ހުރި 500 ކިލޯވޮޓްގެ ޓްރާންސްފޯމަރެއް ހަލާކުވުމުގެ ސަބަބުން ކަމަށެވެ.

ނަމަވެސް ހަލާކުވި ޓްރާންސްފޯމަރުން ކަރަންޓު ދޭ ސަރަހައްދުގައި ހުރި 150 ގެ ފިޔަވައި އެހެން ހުރިހާ ސަރަހައްދަކަށް، މިއަދު ހަވީރު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފައި ވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ފެނަކައިން އޭރު ބުނީ ހަލާކުވި ޓްރާންސްފޯމަރު ނެގުމަށްފަހު 1000 ކިލޯވޮޓްގެ ޓްރާންސްފޯމަރެއް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން ކޭބަލް ކަނެކްޝަނާއި ޓާމިނޭޝަންގެ މަސައްކަތް ނިންމައި، މިރޭ 22:05 ގައި މުޅި ފުވައްމުލައް ސިޓީއަށް އަލުން ކަރަންޓު ދީފައި ވާ ކަމަށް ފެނަކައިން މައުލޫމާތުދެ އެވެ.

ފުވައްމުލައް ސިޓީއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ އިންޖީނެއް ހަލާކުވުމާ ގުޅިގެން، އެރަށުގެ އެކި ސަރަހައްދުތަކުން ޝެޑިއުލް ކުރެވިގެން ކަރަންޓު ކަނޑަމުންދާ ކަމަށް އިއްޔެ ފެނަކައިން ވަނީ ބުނެފަ އެވެ.

އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން 800 ކިލޯވޮޓްގެ އާ ޖަނަރޭޓަރު ސެޓެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި އަހަރުގެ ރޯދަ މަހުގެ ކުރިން ފުވައްމުލައް ސިޓީއަށް 1200 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓެއް ހޯދުމަށް ނިންމާފައިވާ ކަމަށް ވެސް ފެނެކައިން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް