ads
ރައީސް މުއިއްޒުގެ ސަރުކާރު ހުއްޓުމަކަށް ނުގެނެވޭނެ: އަބްދުއްރަހީމް
އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސްއިން ގާނޫނުތައް އިސްލާހުކުރަން ހުށަހަޅާ ހުށަހެޅުންތަކަކީ ސަރުކާރު ހުއްޓުވަން ކުރާ ކަމެއް ކަމަށާއި އެ ޕާޓީތަކަށް ސަރުކާރު ހުއްޓުމަކަށް ނުގެނެވޭނެ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދު ނޫސްވެރިންނާއި ވާހަކަދައްކަވަމުން އަބްދުރަހީމް ވިދާޅުވެފައިވަނީ ސަރުކާރު ހުއްޓުމަކަށް ގެންނަން އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ ފަރާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ ފަރާތުން މަސައްކަތް ކުރަނީ ސަރުކާރު ހުއްޓުމަކަށް ގެންނަން . އެކަމަކު އެކަމެއް ނުކުރެވޭނެ . ސަރުކާރު ބަލިކަށިވެސް ނުކުރެވޭނެ." އަބްދުއްރަހީމް ވިދާޅުވި އެވެ. 

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ އެމްޑީޕީ އަދި ޑިމޮކްރެޓްސްއިން މަސައްކަތްކުރަނީ ސަރުކާރު ޒިންމާދާރު ކުރުމުގެ ބަދަލުގައި އެހެން ވިސްނުމެއްގައި ކަމަށާއި ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކުރުމަކީ ރައީސަށް ގާނޫނުއަސާސީން ލިބިދޭ ބާރެއް ކަމަށެވެ. އަދި ސިޔާސީ މަގާމުތަކަށް އައްޔަނު ކުރާ ބޭފުޅުން ނަތީޖާ ނެރޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަޖިލީހުގެ އަދަދު ލިމިޓު ކުރުމަކީ އިދިކޮޅުގެ ވިސްނުމެއް ނޫން ކަމަށާއި އެއީ ޕީޕީއެމް/ޕީއެންސީގެ ވިސްނުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ފަސް އަހަރަކުން 10 12 ގޮނޑި އިތުރުވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. އެކަމަކު ވާދަވެރިން އެކަން ކުރައްވަން އެ އުޅުއްވަނީ އެ ވިސްނުމެއްގައި ކަމަށް ގަބޫލެއް ނުކުރަން. އެ އުޅުއްވަނީ އެހެން ވިސްނުންފުޅެއްގައި," އަބްދުއްރަހީމް ވިދާޅުވި އެވެ.

އެ އިސްލާހަށް ސަރުކާރުން ތާއިދުކުރާނެތޯ އަބްދުއްރަހީމް ހާމައެއް ނުކުރައްވަ އެވެ. ވިދާޅުވީ، އެމްޑީޕީއަކަށް ވެރިކަން ކުރަން ނޭނގުނު ކަމަށާއި އެމްޑީޕީއަކަށް ދިވެހި ރައްޔިތުން ބޭނުންވާ ތަރައްގީ ވެސް ނުގެނެވޭ ކަމަށާއި ހަމަޖެހުމެއް ވެސް ނުގެނެވޭތީ ރައްޔިތުން ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން އެމްޑީޕީގެ ސަރުކާރު ނިންމާފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް