ads
މާލޭގައި ތޫނު އެއްޗަކުން މީހެއްގެ ބޮލަށް ހަމަލާދީ ޒަހަމްކޮށްފި
މާލޭގައި ތޫނު އެއްޗަކުން މީހެއްގެ ބޮލަށް ހަމަލާދީ ޒަހަމްކޮށްފި އެވެ.

ފުލުހުން ބުނީ މުތީ ގޯޅީގައި ބިދޭސީއަކަަށް ހަމަލާދީފައިވާކަމަށް މިރޭ 19:26 ހާއިރު އެ އިދާރާ ރިޕޯޓްކޮށްފައިވާކަމަށެވެ.

ޒަހަމްވި މީހާއަށް މިހާރު އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައިގައި ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން އަންނަނީ މިހާރު އެމައްސަލަ ތަހުގީގު ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް