ads
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ؛ ރައީސް އާ ކުރެއްވީ ދެ ގައުމުގެ މުހިިއްމު ގުޅުން
ރައީސް ޑރ. މުހައްމަދު މުޢިއްޒު، އަވައްޓެރި އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އިންޑިއާގެ ރައީސަށާއި ބޮޑުވަޒީރަށް ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައިފި އެވެ.

މިއަދު ފާހަގަ ކުރާ އިންޑިއާގެ ޖުމްހޫރީ ދުވަހާ ގުޅިގެން އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަކިވަކިން ފޮނުއްވި މެސެޖުގައި ރައީސް މުއިއްޒު ވަނީ މި ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފަ އެވެ.

ރައީސްގެ މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ‌‌‏ރައީސްގެ އަމިއްލަ ނަންފުޅުގައި އިންޑިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"އެމަނިކުފާނުގެ މެސެޖުގައި ދިވެހިރާއްޖެ އާއި އިންޑިއާއާ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމާއި އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި ބަދަހި ރަހުމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވާފައިވެ އެވެ،" ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސް ވަނީ ކުރިޔަށް އޮތް އަހަރުތަކަކީ އިންޑިޔާގެ ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމާއި ފާގަތިކަން ގެނެސްދޭނެ ދުވަސްތަކަކަށް ވުމަށް އެދިވަޑައިގެންފަ އެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހަކީ ކޮންމެ އަހަރެއްގެ ޖެނުއަރީމަހުގެ 26 ވަނަ ދުވަހެވެ. ޖުމްހޫރީ ދުވަސް އިންޑިއާއިން ފާހަގަކުރަނީ 1950 ވަނަ އަހަރު އެ ގައުމުގެ ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށުމުގެ މުނާސަބަތު ގަވެ.

ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރާއްޖެއިން އިންޑިއާއަށް ފޮނުވިއިރު މާލެ އާއި ދިއްލީގެ ސިޔާސީ ގުޅުން މިފަހުން ވަނީ ވަނީ ގޯސްވެފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް