ads
އައިސީޖޭގެ ފަނޑިޔާރުންގެ ބެންޗުން ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައިގެ ހުކުމް އިއްވަނީ --
އައިސީޖޭގެ އަމުރުން ސާފުވީ އެއްވެސް ދައުލަތެއް ގާނޫނަށް ވުރެ މަތީގައި ނެތްކަން: ފަލަސްތީނު
ފަލަސްތީނުގެ ގާޒާގައި، އިސްރާއީލުން ހިންގާ ގަތުލުއާންމުގެ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އަޅައި، އެ ފަދަ އަމަލެއް ނުހިންގާކަން ކަށަވަރުކުރުމަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްރާއީލުގެ މައްޗަށް މިއަދު ހުކުމް ކުރުމުން ސާފުވީ، އެއްވެސް ދައުލަތެއް ގާނޫނަށް ވުރެ މަތީގައި ނެތްކަން ކަމަށް ފަލަސްތީނުގެ ފޮރިން މިނިސްޓްރީ ބުނެފި އެވެ.

އެ ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ ގަތުލްއާންމުގެ އަމަލުތައް ހިނގިޔަ ނުދޭން ފިޔަވަޅުތައް އެޅުމާއެކު އެ އަމުރާ ގުޅޭގޮތުން އިޒްރޭލުން އަމަލުކުރި ގޮތުގެ ރިޕޯޓެއް އެއް މަސް ދުވަހުގެ ތެރޭގައި ހުށަހެޅުމަށް އަންގާފަ އެވެ. އަދި ގާޒާ އަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ފިޔަވަޅުތައް އެޅުމަށް އިޒްރޭލަށް އަންގާފައިވީ ނަމަވެސް ހަމަލާތައް ހުއްޓާލަން އައިސީޖޭ އިން އަމުރުކޮށްފައެއް ނުވެ އެވެ.

ދުނިޔޭގެ ކޯޓުގެ މި ހުކުމުން ދޭހަ ކޮށްދެނީ، ގާޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ އުދުވާނާ މުޅި ދުނިޔެ ވެސް ދެކޮޅު ކަމެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅަކުން ދަނީ ޔަހޫދީންގެ އުދުވާން ކުށްވެރި ކުރަމުންނެވެ. އުދުވާން ހުއްޓައިލަން ގޮވައިލަމުންނެވެ. ނަމަވެސް، މި ގޮވައިލުންތަކަށް ޔަހޫދީން ދެމުން ދަނީ "ބީރު" ކަންފަތެކެވެ.

your imageޔަހޫދީ އިޒްރޭލުން ސުންނާފަތި ކޮށްލައިފައިވާ ގާޒާގައި ކުޑަ ކުއްޖަކު ފަލަސްތީނު ދިދައެއް ހިފައިގެން އިށީދެ

ދެކުނު އެފްރިކާ އިން ހުށަހެޅި ނަސްލު ނައްތާލުމުގެ ދައުވާގައި އައިސީޖީގެ ނިޔާ ކަނޑައަޅަން އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެ އެވެ. މިއަދު ނެރުނު އަމުރުގެ މަގްސަދަކީ އެ ކޯޓުން އަސްލު މައްސަލަ ބަލަމުންދާ އިރު ގާޒާގައި ތިބި ފަލަސްތީނު މީހުންނަށް ކޮންމެވެސް ވަރެއްގެ ހިމާޔަތެއް ފޯރުކޮށްދިނުމެވެ. 

ފަލަސްތީނުގެ ފޮރިން މިނިސްޓަރު ރިޔާދު އަލް-މާލިކީ އައިސީޖޭގެ އަމުރަށް ވަގުތުން މަރުހަބާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޯޓުގެ ފަނޑިޔާރުން ނިންމެވީ އިންސާނިއްޔަތާއި ބައިނަލްއަގުވާމީ ގާނޫނާ އެއްކޮޅަށް ކަމަށެވެ. 

ކޯޓުގެ މިފަދަ ނިންމުންތަކާއި ގުޅިގެން ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ވަނީ މަރުހަބާ ކިޔާފަ އެވެ. އެގޮތުން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެނިންމުމަކީ އެއްވެސް ދައުލަތެއް ގާނޫނަށް ވުރެ މަތީގައި ނެތްކަން ހަނދާންކޮށްދޭ މުހިންމު ނިންމުމެއް ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް