ads
ރޮނާލްޑޯ އަދި މެސީ
ރޮނާލްޑޯއާ މެސީގެ 270 މިލިއަނަށްވުރެ ގިނަ "ފޭކް ފޮލޯވަރސް" ތިބި
ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނަލް މެސީގެ، 270 މިލިއަނަށްވުރެ ގިނަ "ފޭކް ފޮލޯވަރސް" އިންސްޓަގްރާމްގައި އެބަތިބި ކަމަށް ރިޕޯޓަކުން ހާމަވެއްޖެއެވެ.

ރޮނާލްޑޯ އަދި މެސީއަކީ، އިންސްޓަގްރާމްގައި އެންމެ ގިނަ ފޮލޯވަރުން ތިބި ދެ މީހުންނެވެ. އިންސްޓަގްރާމްގައި ތިބި "ފޭކް ފޮލޮވަރުންގެ" އަދަދުތަކާ ގުޅޭ ގޮތުން ހާމަކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ރޮނާލްޑޯގެ ފޮލޮވަރުންގެ ތެރެއިން 24.33 އިންސައްތަ ނުވަތަ 151 މިލިއަން ޔޫސަރސް އަކީ ފޭކެވެ. އަދި މެސީގެ 24.73 ނުވަތަ 121 މިލިއަން ޔޫސަރސްއަކީ ފޭކެވެ. 

މި ރިޕޯޓުގައި ބުނެފައިވާ ގޮތުން ސްޕޮންސަރޑް އިންސްޓަގްރާމް ޕޯސްޓްތަކުން، ލިބޭ އާމްދަނީއަށް ބަލާއިރު، ރޮނާލްޑޯގެ 151 މިލިއަން ފޭކް ފޮލަވަރުންގެ ސަބަބުން އޭނާއަށް 360،000 ޕައުންޑް ކޮންމެ ޕޯސްޓަކަށް ލިބެއެވެ. އަދި މެސީއަށް 274،000 ޕައުންޑް ހަމަ އެކަނި ފޭކް ފޮލޮވަރުންގެ ފަރާތުން ލިބެއެވެ. 

އިންސްޓަގްރާމްގައި އެންމެ ގިނަ ފޮލޯވަރުން ތިބި އެހެން އެތްލީޓުންނަށް ބަލާއިރު އެ ލިސްޓުގައި ތިންވަނައިގަ ނޭމާ އުޅޭއިރު ހަތަރުވަނައަކީ ޑޭވިޑް ބެކަމްއެވެ. 

އެތްލީޓުންގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރާ އެއް ކޮމްޕޯނެންޓަކީ ސޯޝަލް މީޑިއާގައި ހިމެނޭ ސްޕޮންސަރޝިޕް ޑީލްތަކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް