ads
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގެ ވޯޓުލުން ފެށުން
ކުރީގެ މެމްބަރުންތަކެއް ސަރުކާރު ކޯލިޝަންގެ ޓިކެޓް ކަށަވަރުކޮށްފި
މިއަދު ކުރިއަށް ދިޔަ ޕީޕީއެމް-ޕީއެންސީގެ ގިނަ ދާއިރާތަކެއްގެ ޓިކެޓް މީގެ ކުރިން ރައްޔިތުންގެ މަޖިލިސް މެމްބަރުކަން އަދާކޮށްފައިވާ ބައެއް ފަރާތްތަކުން ކާމިޔާބުކޮށްފި އެވެ.

މިހާތަނަށް ހާމަކޮށްފައިވާ ނަތީއްޖާތަކަށް ބަލާއިރު ކުރީގެ މެމްބަރުކަން ކުރައްވާފައިވާ 9 މެމްބަރަކު މިއަދު ޓިކެޓް ކަށަވަރުކޮށްފައިވެއެވެ.

މިއަދު ޕްރައިމަރީ ކާމިޔާބު ކުރެެއްވި މެމްބަރުން:

- ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް 

- އިނގުރައިދޫ ދާއިރާއަށް އެ ދާއިރާ ކުރީގެ މެމްބަރު އިބްރާޙިމް ފަލާހް 

- ވިލިމާލެ ދާއިރާއަށް ކުރީގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް

- ތިނަދޫ އުތުރު ދާއިރާއަށް އެ ދާއިރާގެ ކުރީގެ މެންބަރު ސައުދުﷲ ހިލްމީ 

- މިލަންދޫ ދާއިރާއަށް އެ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދު

- ދިއްދޫ ދާއިރާއަށް އެ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްލަތީފް މުހައްމަދު 

- މާފަންނު ދެކުނު ދާއިރާއަށް ކުރީގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) 

- މާފަންނު މެދު ދާއިރާއަށް އެ ދާއިރާގެ ކުރީގެ މެންބަރު އަސްމާ ރަޝީދު

ޕީޕީއެމް/ޕީއެންސީން މިއަދު ކުރިއަށް ގެންދިޔަ އިންތިހާބުގައި 73 ދާއިރާއެއްގެ ވޯޓުލުން މިއަދު ކުރިއަށްގެންދިޔައެވެ. އެކި ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރާ ކަމަށް އެ ކޯލިޝަނުން ބުނެއެވެ. ވޯޓުލުން ކުރިއަށް ގެންދާނީ ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް