ads
ސަބްލެންކާ
އޮސްޓްރޭލިއަން އޯޕަން، ސަބްލެންކާ ދިފާއު ކޮށްފި
އޮސްޓްރޭލިއަން އޯޕަންގެ އަންހެން ބައިގެ ޗެމްޕިއަންކަން ބެލާރޫސްގެ އަރީނާ ސަބަލެންކާ ހޯދައި މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.

އޮސްޓްރޭލިއަން އޯޕަންގެ އަންހެން ބައިގެ ފައިނަލްގައި މިއަދު ސަބަލެންކާ ކުޅުނީ ޗައިނާގެ ޗިންވެން ޒެންގްއާ ދެކޮޅަށެވެ. 

ދުނިޔޭގެ ރޭންކިންގެ ދެ ވަނަ ކަމަށްވާ ސަބަލެންކާ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް އޮސްޓްރޭލިއަން އޯޕަން ތަށި ހޯދީ 12 ވަނަ ސީޑު ޒެންގް އަތުން 6-3 އަދި 6-2 އިން މޮޅުވެގެންނެވެ.

މިއީ 2013 ވަނަ އަހަރު ބޭލާރޫސްގެ ވިކްޓޯރިއާ އަޒަރެންކާގެ ޖެހިޖެހިގެން ދެ އަހަރު އޮސްޓްރޭލިއަން އޯޕަން މުބާރާތް ކާމިޔާބުކުރި ފަހުން، އަންހެން ބައިގެ ތަށި ކުޅުންތެރިއެއް ދިފާއުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ ޗައިނާގެ ޒެންގް ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލްގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް