ads
ރުހުންނުދިނަސް ހަމަ އެބޭފުޅުން އައްޔަންކުރެވޭނެ: އަދުރޭ
ރައްޔިތުން މަޖިލީހުން ބައެއް ވަޒީރުންނަށް ރުހުން ނުދިނަސް ހަމަ އެ ވަޒީރުން އަލުން އެ މަގާމުތަކަށް އައްޔަންކުރުމުގެ ބާރު ރައީސް ޑރ. މުއިއްޒަށް ލިބޭކަމަށް އެމަނިކުފާނުގެ އެޑްވައިޒަރ އަދި ރައީސް އޮފީހުގެ މިނިސްޓަރ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު އޮތީ ތާވަލުކޮށްފައެވެ. 13:30ގައި ޖަލްސާ ބާއްވަން އޮތް ނަމަވެސް ސަރުކާރު މެމްބަރުން މަޖިލިސް ދޮރުތައް ތަޅުލާފައި ހުރުމުން އިދިކޮޅު މެމްބަރުންނަށް ތަޅުމަށް ނުވަދެވޭތީ ޖަލްސާ އަދިވެސް ފެށިފައެއް ނުވެއެވެ. 

ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީއާ ދަ ޑިމޮކްރެޓްސް އިން ނިންމުމުން ސަރުކާރުގެ ވަޒީރުންނާއި ނައިބު ވަޒީރުންނާއި ރައީސް އޮފީހުގެ ވަޒީރުންގެ އިތުރުން ސަރުކާރަށް ތާއިދުކުރާ މީހުން ދަނީ މަޖިލީހުގެ ބޭރުގައި މުޒާހަރާކުރަމުންނެވެ. 

އެތަނުގައި ހުންނަވާ މީޑިއާ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދިނުމަކީ ބަލއިގަނެވޭނެކަމެއް ނޫންކަމަށާއި އެކަމުން ނެރެވޭނެ ނަތީޖާއެއްވެސް ނޯންނާނެކަމަށެވެ. އަދި ވަޒީރުންނަށް ރުހުން ނުދިނަސް ހަމަ އެ ވަޒީރުން އައްޔަންކުރުމުގެ އިހްތިޔާރު ރައީސް މުއިއްޒަށް އެބައޮތްކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. 

"" މިއަދު ރުހުން ނުދިނީ، މިއަދު ހަމަ އެމީހުން ހަމަ އެ މަގާމަށް ވަޒީރުންނަށް އައްޔަން ކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވޭ. އެކަމެއް ނުހުއްޓުވޭނެ މިތަނަކުން." އަބްދުއްރަހީމް ވިދާޅުވިއެވެ.

your imageމަޖިލސް ކައިރީގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން

އަބްދުއްރަހީމް ވަނީ އިދިކޮޅަށް މަޖލީހުގައި މިއަދު އޮތް މެޖޯރިޓީއަށްވެސް ފާޑު ވިދާޅުވިއެވެ. އެގޮތުން މަޖލީހުގެ މެޖޯރިޓީ އިދިކޮޅަށް ލިބިފައި ދެން އޮންނާނީ ކުޑަ ދުވަސްކޮޅަކަށް ކަމަށާއި ދެން އަންނަ މަޖިލީހުގައި ސުޕަރް މެޖޯރިޓީ ރައީސް މުއިއްޒުގެ ސަރުކާރުން ނަގާނެކަމަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް