ads
ސިނާ
އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަން ސިނާއަށް
އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަން އިޓަލީގެ ހުނަރުވެރި ތަރި، ޖަނިކް ސިނާ ހޯދައިފި އެވެ.

އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަން ސިނާ ހޯދީ، ރަޝިއާގެ ޑަނީލް މެޑްވެޑޭވް ދެ ސެޓު ގެންގޮސްފައި ވަނިކޮށް، ފަހަތުން އަރައި މޮޅުވެގެންނެވެ. މިއީ، ސިނާ، 22، ޓެނިސް ގްރޭންޑް ސްލޭމް މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

މިއީ ގްރޭންޑް ސްލޭމް ފައިނަލެއްގައި ސިނާ ކުޅުނު ފުރަތަމަ ފަހަރުވެސް މެއެވެ. ސިނާ، ފައިނަލުން ފުރުސަތު ހޯދީ، ސެމީގައި މި މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ، ނޮވަކް ޖޮކޮވިޗް ބަލިކުރުމަށް ފަހު އެވެ.

ފައިނަލް މެޗުގެ ފުރަތަމަ ދެ ސެޓު، 3-6، 3-6 އިން ގެންދިޔައީ މެޑްވެޑޭވް އެވެ. އެކަމަކު، ސިނާ ވަނީ ތިން ވަނަ ސެޓާ ހަމައިން މެޗުގެ ނަތީޖާ ބަދަލުކޮށްލައިފަ އެވެ. ސިނާ މޮޅުވީ، ދެން ކުޅުނު ސެޓުތައް، 6-4، 6-4 އަދި 6-3 އިން ގެންގޮސް މެޗުން މޮޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް