ads
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލް ހަމާދީ.
ތެލެސީމިއާ ހޮސްޕިޓަލު އަޅަން އުރީދޫން 100 މިލިއަން ރުފިޔާ ދެނީ
ތެލަސީމިއާ ހޮސްޕިޓަލް އަޅަން އުރީދޫ އިން 100 މިލިއަން ރުފިޔާގެ އެހީއެއް ސަރުކާރަށް ދިނުމަށް ނިންމައިފި އެވެ.

ރާއްޖޭގައި ޓެލެކޮމް ހިދުމަތްދޭ އެންމެ ބޮޑު މަލްޓިނޭޝަނަލް ކުންފުނި ސަރުކާރަށް މި އެހީތެރިކަން ދީފައިވަނީ އެ ކުންފުނިން އަހަރަކު ސަރުކާރަށް ދައްކާ އެ ކުންފުނީގެ އާމްދަނީގެ ހަ ޕަސެންޓުގެ ފީ ފަސް ޕަސެންޓަށް ކުޑަ ކުރުން ނިންމުމާ ގުޅިގެންނެވެ. މި ބަދަލާއެކު ލައިސަންސް ފީގެ ގޮތުގައި އުރީދޫ އާއި ދިރާގުން ސަރުކާރަށް ދައްކަން ޖެހޭނީ އެއް އަދަދެކެވެ.  

ތެލެސީމިއާ ހޮސްޕިޓަލެއް ރާއްޖޭގައި ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެ ވައުދުފުޅު ފުއްދުމުގެ މަސައްކަތަކީ ސަރުކާރުގެ ފުރަތަމަ 14 ހަފުތާގައި ފެށުމަށް ނިންމާފައިވާ މަސައްކަތެކެވެ.

އެ ހޮސްޕިޓަލު ޤާއިމުކުރެވުމުން ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓު ހެދޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި އެ ފަރުވާއަށް ކުރަންޖެހޭ ހޭދަ ކުޑަކުރެވި ތެލަސީމިއާ ބަލީގެ އެހެނިހެން ފަރުވާ ދޭނެ ރަނގަޅު ހޮސްޕިޓަލެއް ރައްޖޭގައި ގާއިމުވާނެއެވެ.

ކެބިނެޓުގެ މި ނިންމުމުގެ މައުލޫމާތު މިއަދު ހިއްސާ ކުރައްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މި ބަދަލު ގެނައުމާއެކު 2005 ވަނަ އަހަރު އެ ކުންފުނިން ލައިސަންސް ދިންއިރު ނިންމާފައިވަނީ އުރީދޫގެ އާމްދަނީގެ ފަސް ޕަސެންޓް ސަރުކާރަށް ދެއްކުމުގެ އިތުރުން ރާއްޖޭގެ އައިސީޓީ ދާއިރާ އަށް ފައިދާގެ އެއް ޕަސެންޓް ދައްކާ ގޮތަށް ކަމަށެވެ. ނަމަވެސް ސަރުކާރުން މިހާރު ނިންމާފައިވަނީ މި އަދަދު ފަސް ޕަސެންޓަށް ދަށް ކުރަން ކަމަށެވެ.  

ތެލަސީމިއާ ހޮސްޕިޓަލު ގާއިމުކުރަން ހަމަޖެހިފައިވަނީ މާލެ ސަރަހައްދުގަ އެވެ. މި ހޮސްޕިޓަލު ގާއިމުކުރުމަށް 25 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް