ads
ވެހިކަލެއް ދުއްވަން އިން ޑްރައިވަރަށް ނިދި ހިނގި އެކްސިޑެންޓެއް
ޑްރައިވަރަށް "ނިދިގެން" އެކްސިޑެންޓްވެއްޖެ
ވެހިކަލެއް ދުއްވަން އިން ޑްރައިވަރަށް "ނިދިގެން" ހުޅުލޭގައި މިއަދު އެކްސިޑެންޓެއް ހިނގައިފި އެވެ.

އެއާޕޯޓް ޓެކްސީ ކިއު ސަރަހައްދުގައި ހިނގި މި އެކްސިޑެންޓްގައި ޑްރައިވަރަށް ނިދި ޖެހުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ރޯޑް ޑިވައިޑަރުތަކުގައި އުޅަނދު ޖެހި އެ އެއްޗިއްސަށް ގެއްލުންވެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގީ ސަމާ ބީޗް ހޮޓެލްގެ ވޭނެކެވެ.

އަދި އެ ހާދިސާ ހިނގީ ދުއްވަން އިން ޑްރައިވަރަށް ނިދިޖެހިގެން ކަމަށް އެ ސަރަހައްދުންގައި ހަރަކާތްތެރި މީހުން ވަނީ ބުނެފައި އެވެ.

ނަމަވެސް މި ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް އަދި ނުލިބެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް