ads
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގަށް ރުހުން ދޭން ފާސްކޮށްފި
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގަށް ރުހުން ދޭން ފާސްކޮށްފި އެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދުު ޝަފީގް އަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން ނިންމީ 70 ވޯޓު މެމްބަރުންގެ ވޯޓުންނެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމިކަން އެމްޑީޕީން އިއްޔެ ހާމަކުރުމާ އެކު، ސަރުކާރު ހިންގާ ޕީޕީއެމް-ޕީއެންސީގެ މެންބަރުންތަކެއް ވަނީ މަޖިލިސް ދޮށަށް އެއްވެ މުޒާހަރާ ވެސް ކޮށްފަ އެވެ. 

ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ރުހުން ނުދޭން ނިންމީ ތިން ބޭފުޅަކަށެވެ. އެއީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށެވެ.

ރުހުން ނުދިން ތިން މިނިސްޓަރުންނަކީ އެ މަގާމަށް ވަރަށް ގާބިލް ތިން ބޭފުޅުން ކަމަށާއި މަގާމާ ހަވާލުވި ފަހުން ހުއްޓުމެއް ނެތި ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވާ ތިން މިނިސްޓަރުން ކަމަށް ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވި އެވެ.

ޑރ. ޝަހީމަކީ ރާއްޖޭގެ ދީނީ އިލްމުވެރިންގެ ތެރެއިން ގިނަ ބައެއްގެ މަގުބޫލްކަން ލިބިފައިވާ ބޭފުޅެއް ކަމަށާއި ހައިދަރަކީ ވެސް އެ ދާއިރާ އިން ތައުލީމް ހާސިލް ކުރައްވައި އަދި ތަޖުރިބާ ވެސް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި އުޝާމަކީ ވެސް ޑެޕިއުޓީ އެޓާނީ ޖެނަރަލްގެ މަގާމުގައި ފަސް އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ ވަރަށް ގާބިލް ބޭފުޅެއް ކަމަށް އަދުރޭ ވިދާޅުވި އެވެ.

ރުހުން ދޭން ނިންމި ވަޒީރުންނަކީ:

• ދިފާއީ ވަޒީރު - މުހައްމަދު ގައްސާން
• ހާރިޖީ ވަޒީރު - މޫސާ ޒަމީރު
• ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު - އަލީ އިހުސާން
• މާލީ ވަޒީރު – ޑރ. މުހައްމަދު ޝަފީގު
• ތައުލީމީ ވަޒީރު - ޑރ. އިސްމާޢީލް ޝަފީއު
• އިއްސީ ވަޒީރު – ޑރ. އަބްދުﷲ ހަލީލް
• އިޤުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު - މުހައްމަދު ސައީދު
• މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު - އަހުމަދު ޝިޔާމް
• ފަތުރުވެރިކަމާ ބެހޭ ވަޒީރު - އިބްރާހިމް ފައިސަލް
• އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު – ޑރ. އާއިޝަތު ޝިހާމް
• ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު – އަބްދުﷲ ރާފިއު
• މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު - ތޯރިގް އިބްރާހީމް
• ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު - މުހައްމަދު އަމީން
• ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު - އާދަމް ނަސީރު އިބްރާހީމް
• މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު - ޑރ. މަރިޔަމް މާރިޔާ
• އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު - ޑރ. އަބްދުﷲ މުއްތޮލިބު
• ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު - ޑރ. އާއިޝަތު ރަމީލާ
• ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު - އިބްރާހިމް ވަހީދު
• ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު - އާދަމް ޝަރީފު އުމަރު

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް