ads
ސާއިދު
ވޯލްޑް އިންޑޯ އެތުލެޓިކްސް މުބާރާތަށް ސާއިދު
ވޯލްޑް އިންޑޯ އެތުލެޓިކްސް މުބާރާތުގައި ރާއްޖޭގެ ފަރާތުން ވާދަކުރާނެ އެތުލީޓަކަށް، ހަސަން ސާއިދު ކަނޑައަޅައިފިއެވެ.

ވޯލްޑް އިންޑޯ އެތުލެޓިކްސް މުބާރާތް އޮންނާނީ ސްކޮޓްލެންޑްގެ ގްލާސްގޯގައެވެ. މި މުބާރާތް އޮންނާނީ މާޗް 1-3 އަށެވެ. ވޯލްޑް އިންޑޯ މުބާރާތަށް ސާއިދު ނެގީ، މިދިޔަ ހުކުރު ދުވަހު ކުރިއަށްދިޔަ ޓައިމް ޓްރަޔަލްސް އަށް ބެލުމަށް ފަހު އެވެ. ވޯލްޑް އިންޑޯ މުބާރާތުގައި ސާއިދުގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާނީ، ހުސެއިން ހަލީމް އެވެ.

މީގެ ކުރިން، 2022 ވަނަ އަހަރު ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ވެސް ސާއިދު ވާދަކުރިއިރު، ކޯޗަކަށް ހުރީ ހުސެއިން އެވެ.

އަންނަ މަހު އޭނާ އޭޝިއާގެ އިންޑޯ މުބާރާތުގައި ވެސް ވާދަކުރާނެ އެވެ.

ކޯޗުކޮށްދޭނީ، އަބްދުﷲ އިބްރާހިމް (އަބުޅޯ) އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް