ads
ޔޫތް ހެކަތޯން ޕްރޮގްރާމް ލޯންޗް ކޮށްފި
މިނިސްޓްރީ އޮފް ޔޫތް އެންޕަވާމަންޓް އިންފޮމޭޝަން އެންޑް އާރްޓްސް އިން ކުރިޔަށް ގެންދާ ޔޫތް ހެކަތޯން ޕްރޮގްރާމް ލޯންޗް ކޮށްފި އެވެ.

މިއަދު މޯލްޑިވްސް އާރްޓު ގެލަރީގައި ބޭއްވި ހަފްލާއެއްގައި މި ޕްރޮގްރާމް ލޯންޗް ކޮށްދެއްވީ ޔޫތް އެންޕަވާމަންޓް އިންފޮމޭޝަން އެންޑް އާރްޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) އަދި ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ.

މި ޕްރޮގްރާމް އަކީ ރައީސް ޑރ. މުއިއްޒުގެ ހަފްތާ 14 ގެ ތެރޭގައި ހިމެނިފައިވާ ފަންނީޔާތުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމަށް ގައުމީ ހަރަކާތެއް ހިންގަން ފެށުމަށް އަދި ކޯޑިންގެ ދާއިރާއިން ދުނިޔޭގެ ބާޒާރަށް ދިވެހި ޒުވާނުން ނެރުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށް ހާއްސަ ޕްލޭނެއް އެކުވާލުން މި ދެ ސިޔާސަތު ތަންފީޒު ކުރުމަށް ކުރިޔަށް ގެންދެވޭ ޕްރޮގްރާމެކެވެ.

މިހަފްލާގައި ވާހަކަ ދައްކަވަމުން ޔޫތް މިނިސްޓަރު ވިދާޅުވީ ދިވެހި ރާއްޖޭގެ ވަރަށް ބޮޑު އިންސައްތައަކީ ދިވެހި ޒުވާނުންކަމަށާއި ޒުވާނުންނާ ނުލާ ދިވެހި ރާއްޖޭގައި އެއްވެސް ކަމެއް ކުރިޔަށް ނުގެންދެވޭ ވަރަށް ދިވެހި ޒުވާނުން ވަނީ ބާރުވެރިވެފައި ކަމުގައެވެ. ޒުވާނުންގެ ބައިވެރިވުން ކަންކަމުގައި ވަރަށް މުހިންމު ކަމަށާއި ދިވެހި ޒުވާނުން ބޭނުން ކަންތައް އެނގުންވެސް ވަރަށް މުހިންމު ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

މީގެ އިތުރުން ޒުވާނުން ހުށަހަޅާ ސަކުވާތަކަށް ހައްލެއް ހޯދައިދިނުމަކީވެސް ވަރަށް މުހިންމުކަމެއްކަމަށާއި ތަފާތު ދާއިރާތަކުން ޒުވާނުން ބިނާ ކުރުމަކީ މި ގައުމުގެ ކުރިމަގަށް ކުރެވިގެންދާނޭ ވަރަށް ބޮޑު އިންވެސްޓްމަންޓެއްކަމަށް ގަބޫލު ކުރައްވާކަމަށް އަސްވާޑު ވިދާޅުވި އެވެ.

your imageޔޫތްހެކް

ޑރ. މުއިއްޒު ވަނީ ޒުވާނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ބައްލަވާ އެކަންކަމަށް ހައްލު ހޯދައިދެވޭނެ ގޮތްތަކެއް ހޯއްދަވާ އެކަންކަން މެނިފެސްޓޯގައި ހިމަނާފައިވާކަމަށާއި މި ފަސް އަހަރުގެ ތެރޭގައި ހާއްސަ ސަމާލުކަމެއްދީގެން ޒުވާނުންގެ ފަންނީޔާތު އާރޯ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

މާޗު މަހުގެ 2-3 ކުރިޔަށް ގެންދާ މި ޕްރޮގްރާމަކީ 30 ގަޑި އިރަށް ދިގު ދެމި ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ މަދުވެގެން 3 މެމްބަރު އަދި ގިނަވެގެން 5 މެމްބަރުންގެ ޓީމްއަކަށެވެ. މި ހެކްތޯންގައި ބައިވެރިވުމުގެ އުމުރަކީ 18-35 ދެމެދު އެވެ. މި ހެކަތޯންއިން އެއްވަނަ އަށް ދާ ފަރާތަކަށް 100000 ރުފިޔާގެ އިނާމެއް ވެސް ހުށަހެޅިފައިވެ އެެވެ. މި ހެކަތޯންގެ މެއިން ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ. 

މި ހެކަތޯން އާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ހެކްތަތޯން ގެ ވެބްސައިޓަށް ޒިޔާރާތް ކޮށްލެވުމަށް ޔޫތް މިނިސްޓްރީން އެދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް