ads
ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް - ފޮޓޯ: ދިޔަރެސް
މިއަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރިން ގެނެވޭނެ: ޓުވަރިޒަމް މިނިސްޓަރު
މިއަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށް ޓުވަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.

މިއަދު ޔޫތު މިނިސްޓްރީން ބޭއްވި "ހެކަތަން" ފެށުމުގެ ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ، އެމްއެމްޕީއާރުސީއާއެކު ކުރަމުންދާ މަސައްކަތުގައި އަމާޒުކުރައްވަނީ 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމެވެ.

އެމްއެމްޕީއާރުސީއާއެކު މިހާރު މިކުރެވޭ މަސައްކަތުގައި މިފަހަރު އަޅުގަނޑުމެންގެ ޓާގެޓަކީ 2 މިލިއަން. އެހެންނަމަވެސް ޗައިނާ އަދި އިންޑިއަން މާކެޓު އެހުރިވަރުގަ ހިފެހެއްޓިއްޖެކަމަށްވާނަމަ އަޅުގަނޑަށް ފެނޭ ގާތްގަނޑަކަށް ޓޫރިސްޓު އެރައިވަލް 2024ގައި ނިންމާލެވިދާނެކަމަށް 2.3 މިލިއަންގައި. އެހެންވެއްޖެކަމަށްވާނަމަ އެއީ ވަރަށް ބޮޑު ކުރިއެރުމަކަށްވާނެ. އެކަމުގައި އަޅުގަނޑުމެން މިދަނީ މަސައްކަތްތަކެއްވެސް ކުރަމުން" ޓޫރިރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމާއި ބެހޭގޮތުން މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހާއްސަ އަދި ދުނިޔޭގެ މަގުބޫލުކަން ހޯދޭނެ އެޕްލިކޭޝަނެއް ވަރަށް އަވަހަށް ތައާރަފްވާނެކަމަށް އުންމީދުފުޅު ކުރައްވާ ކަމަށާއި އަދި އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް ބަލާލާއިރު މި އަހަރުގެ ފުރަތަމަ ހަތަރު ހަފްތާގައި 16529 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވަނީ ރަޝިޔާ އިންނެވެ. 

ފައިސަލް ވިދާޅުވީ ޒުވާނުން އެދޭ ގޮތަށް އެކި ދާއިރާތަކުން ކަންކަން ޑެލިވަކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމަށެވެ. އަދި ވިދާޅުވީ ކޯޑިންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ހުނަރާ ގާބިލްކަން ޒުވާނުންގެ އެބަހުރިކަމަށާ އެކަމަށް މީގެ ކުރިން މަސައްކަތްތަކެއް ކުރެވިފައި ނެތުމަކީ މި މަސައްކަތައް ޝައުގުވެރިކަން ހުރި ފަރާތްތަކުން މިދާއިރާއިން ކުރިއަށް ދިއުމަށް ދިމާވި ދައްޗެއް ކަމުގަ އެވެ. ޓެކްނޮލޮޖީގެ ޒަރީޔާއިން ފުޅާވަމުންދާ ވިޔަފާރިތަކަށް ޒުވާނުން އަހުލުވެރިކޮށް އެ ރޮނގުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ފުރުސަތު ފަހިކޮށްދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރަށްވުރެ ބޮޑަށް ރާއްޖެ އިޝްތިހާރުކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެއްވޭ ކަމަށާއި މި ސަރުކާރުން ޒުވާނުން ބާރުވެރި ކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް