ads
ރައީސް އަޒުލުކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކުރި މައްސަލަ ސުޕްރީމް ކޯޓަށް
މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހާ އެކު އެމްޑީޕީގެ މެމްބަރުން ވޯޓުން އެކަނި ރައީސް މަގާމުން ވަކި ކުރެވޭ ގޮތަށް ގެނައި އިސްލާހުގެ މައްސަލަ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.

ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން ފާސް ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. 

އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ. އެ ބަދަލާއެކު މިހާރު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެންބަރުންގެ ވޯޓުން އެކަނި ރައީސް މަގާމުން ވަކި ކުރެވޭނެ އެވެ.

އެނގިފައިވާ ގޮތުގައި އެކަމާ ގުޅިގެން އެ އިސްލާހު ބާތިލް ކުރަން އެޓާނީ ޖެނަރަލް އޮފީހުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅަން ވަނީ ނިންމައިފަ އެވެ. އެހެންނަމަވެސް މި މައްސަލައިގެ ތަފްސީލެއް އަދި ހާމަ ނުކުރެ އެވެ. 

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން އިއްޔެ ވަނީ ރައީސް ޑރ. މުއިއްޒު ވަކިކުރުމަށް އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހަޅަން ފާސްކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް