ads
އިންޓަމިޔާމީ ސައުދީގައި
މެސީއާ ސުއަރޭޒްއާއެކު އިންޓަމިޔާމީ ސައުދީގައި
އިންޓަ މިއާމީއަށް ލުއިސް ސުއަރޭޒްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން މެޗުގައި ސައުދީ ޕްރޯ ލީގުގެ އަލް ހިލާލް އަތުން އިންޓަމިޔާމީ ބަލިވެއްޖެއެވެ.

ސައުދީ އަރަބިއްޔާގައި ކުޅުނު ޕްރީ ސީޒަން ފްރެންޑްލީ މެޗުގައި އިންޓަމިޔާމީ ބަލިވީ ހަތަރު ލަނޑު ތިން ލަނޑުންނެވެ. މި މެޗުގައި ސުއަރޭޒްގެ ފުރަތަމަ ލަނޑު އޭނާގެ އާ ކްލަބަށް ޖަހާދީފައިވާއިރު މެސީވެސް މި މެޗުގައި ލަނޑު ޖެހިއެވެ.

ސައުދީ އަރަބިއްޔާގައި ކުޅޭ ދެވަނަ އެކުވެރިކަމުގެ މެޗުގައި ބުރާސްފަތި ދުވަހު މިއާމީ ނުކުންނާނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަޞްރާ ދެކޮޅަށެވެ. މި މެޗުތަކަށް ފަހު ދެން އޮންނާނީ އޭޝިއާ ޓުއާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް