ads
ޕީޖީ ޝަމީމްއަށް މަގުމަތިން ހަމަލާދީފި
ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްއަށް މީހަކު ހަމަލާދީފި އެވެ.

ޝަމީމްއަށް ހަމަލާދީފައިވާކަން ފުލުހުންވެސް ކަށަވަރުކޮށްދެއެވެ. 

ޝަމީމްގެ ހާލު ރަނގަޅެވެ. އޭނާއަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެވެމުންނެވެ. 

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުން ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ. 

"ޕީޖީ ހުސެއިން ޝަމީމަށް މާލޭ މަގުމަތިން މީހަކު ހަމަލާދީފައިވާ ކަމަށް މިއަދު ރިޕޯޓުކޮށްފައިވޭ. އޭޑީކޭގައި ޕީޖީ ހުސެއިން ޝަމީމަށް ދަނީ ފަރުވާ ދެމުން. ހަމަލާ ދީފައި ވަނީ ތޫނު އެއްޗަކުން ނޫން ކަމަށް މިހާތަޖނަށް ބެލުމުން އެނގިފައިވޭ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.

ނޫރު މިސްކިތް ކައިރިން ހަމަލާ ދިން އިރު ޝަމީމް ސެކިއުރިޓީ ވެސް ނެތް ކަމަށްވެ އެވެ.

9%
ކަމުގޮސްފި
36%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
36%
ވަރަށް ސަލާމް
ކޮމެންޓްސް