ads
ޝަމީމަށް ހަމަލާ ދިނީ މަރުތޭލަކުން
ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް އަށް މިއަދު ހެނދުނު މަގުމަތިން ހަމަލާ ދީފައިވަނީ މަރުތޭލަކުން ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ޝަމީމް ދިރިއުޅުއްވާ ގެ ކައިރިން ޝަމީމްއަށް މިއަދު ހެނދުނު މަރުތޭލަކުން ހަމަލާދީފައިވާއިރު، ޝަމީމް އަންނަނީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަމީމްއަށް އަމާޒުކޮށް މަރުތޭލަކުން ދިން ހަމަލާ އަމާޒުވީ އޭނާގެ ވައަތުގެ އުޅަނބޮށިން ތިރިއަށެވެ. ހަމަލާގެ ސަބަބުން ކަށިގަނޑުގައި ރެނދު ލާފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 

މި ހަމަލާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުނުން ހާމަކޮށްފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް