ads
އެފްއޭއެމްގެ ފައިސާގެ ހިޔާނާތާ ގުޅިގެން ބައްސާމަށް ދައުވާ ކުރަން ފޮނުވައިފި
އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުތަމު ކުރެވިގެން އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފީފާ އާއި އޭއެފްސީން އެފްއޭއެމަށް ޖަމާކޮށްފައިވާ ފައިސާއަށް ހިޔާނަތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލާގައި މިހާތަނަށް ތަހުގީގު ނިމުނު 10،000 ޑޮލަރު ހިމެނޭ މައްސަލައެއްގައި ބައްސާމްގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވެއެވެ. 

މިއީ އެފްއޭއެމްގެ އެކައުންޓުން ބައްސާމްގެ އަމިއްލަ އެކައުންޓަށް 10،000 ޑޮލަރު ފޮނުވައި އަމިއްލަ ކަންކަމަށް ބޭނުންކުރި މައްސަލައެއް ކަމަށް ވަނީ ބައެއް ރިޕޯޓްތައް ލިބިފައެވެ.  

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޗީފް އިންސްޕެކްޓަރު ޔޫސުފް ލޫތު ވިދާޅުވީ ފީފާއިން އެފްއޭއެމަށް ޖަމާކޮށްފައިވާ 10،000 ޑޮލަރު، އެ އެސޯސިއޭޝަންގެ އިސްވެރިއެއްގެ އެކައުންޓަށް ޖަމާކޮށް، އަމިއްލަ އަށް ބޭނުންކޮށް، އެއިން މަންފާ ހޯދި ކަމުގެ އެކަށީގެންވާ ހެކި ލިބިފައި ވާތީ، ދެމީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް މިހާރު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ދައުވާކުރަން ފޮނުވީ ކޮން ބައެއްގެ މައްޗަކަށް ކަމެއް ފުލުހުން ނުބުނެ އެވެ. އެހެންނަމަވެސް އެނގިފައިވާ ގޮތުގައި އެއިން އެކަކީ ބައްސާމްއެވެ. 

"އެފްއޭއެމަށް އެކި ފަރާތްތަކުން ދޭ ފައިސާ، އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ، އެފްއޭއެމަށް ބޭރުގެ ފަރާތްތަކުން ޔޫއެސް ޑޮލަރުގެ ގޮތުގައި ޖަމާކުރާ ފައިސާ އެމީހުންނާއި އެމީހުންނާ ގުޅުން އޮންނަ ފަރާތްތަކަށް ޖަމާކޮށް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ،" ލޫތު ވިދާޅުވި އެވެ. 

ފުލުނުންގެ މިހެން ބުންޏަސް ބޭރުގެ އިދާރާތަކުން ދޭ އެއްވެސް ފައިސާއަކަށް ހިޔާނަތްތެރިވެފައި ނުވާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް