ads
ކޭ ޕާކް މަންޑޭގެ މުދާތައް ހިފެހެއްޓި އަމުރު އޯކޭ
ކޭ ޕާކް ފްލެޓްތައް އޮޅުވާލައިގެން ވިއްކިކަމުގެ ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ)ގެ މުދާތައް ހިފަހައްޓަން ނެރުނު އަމުރަށް ހައިކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ ޕާކް ފްލެޓްތައް ވިއްކުމުގައި އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ މައްސަލާގައި މަންޑޭ ދިރިއުޅުނު އެޕާޓްމެންޓާއި އޭނާ ގެންގުޅުނު އަގު ބޮޑެތި ސާމާނުތައް ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ މަންޑޭގެ ފަރާތުންނެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން އެފަދަ މައްސަލަތަކުގައި އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް މުދާ ހިފެހެއްޓުމުގެ ބާރު އޮންނަ ކަމަށާއި މަންޑޭގެ މައްސަލާގައި އަމުރު ނެރުނީ ވެސް އެގޮތަށް ކަމަށެވެ. 

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އެ އަމުރުތައް މުރާޖާކުރަން ދަށު ކޯޓުގައި އެދުމުގެ ފުރުސަތު އޮންނައިރު މަންޑޭގެ ފަރާތުން އެގޮތަށް އަމަލު ކޮށްފައިނުވާ ކަމަށް ހުކުމުގައިވެ އެވެ. 

އެ އަމުރު މުރާޖާކުރަން މަންޑޭގެ ފަރާތުން ދަށު ކޯޓުގައި އެދިފައިނުވާތީ، އެ އަމުރު މިވަގުތު ބާތިލް ކުރެވެން ނެތް ކަމަށް ހުކުމްކުރީ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް