ads
މެސީއާ ދެކޮޅަށް ރޮނާލްޑޯ މިރޭ ނުކުޅޭނެ
ޕްރީ ސީޒަން ފްރެންޑްލީ މެޗެއްގައި މެސީ ކުޅެމުން އަންނަ އިންޓަމިޔާމީ މިރޭ، ރޮނާލްޑޯގެ އަލް ނަސްރުއާ ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯ ނުކުޅޭނެއެވެ.

ސައުދީ އަރަބިއްޔާގައި ރާއްޖޭ ގަޑިން މިރޭ 11 ޖަހާއިރު ކުޅޭ މެޗުގައި ރޮނާލްޑޯއަށް ނުކުޅެވެނީ އަނިޔާގެ ސަބަބުންނެވެ. އަލް ނަސްރުން ޗައިނާ އަށް ކުރި ޓުއާގައި ކުޅުނު މެޗުތަކުގައި ވެސް ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއާ ހެދި، ރޮނާލްޑޯ، ނުކުޅެވުނެވެ.

ކުރިން ބެލެވިފައި އޮތީ، މިރޭ އިންޓަ މިއާމީއާ ކުޅޭ މެޗަށް ރޮނާލްޑޯ ފިޓްވާނެ ކަމަށެވެ. އެކަމަކު، އަލް ނަސްރުން ބުނެފައިވަނީ ރޮނާލްޑޯ މި މެޗުގައި ވެސް ނުފެންނާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް