ads
ހަދިޔާ ދީ މިފްކޯއިން ސަރުކާރު ކެންޑިޑޭޓުން ޕްރޮމޯޓްކުރަނީ، ފާޑުކިޔުމުން ޑިލީޓްްކޮށްފި
ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ ޕީއެންސީގެ ރައްޔިޔުން މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންނަށް މިފްކޯއިން މަރުހަބާ ކިޔާ ހަދިޔާ ދޭން ފަށައިފިއެވެ.

ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ ޕީއެންސީގެ ރައްޔިޔުން މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންނަށް މިފްކޯއިން މަރުހަބާ ކިޔާ ހަދިޔާ ދޭން ފަށައިފިއެވެ. 

ފައިދާއެއް ނުވެ ގެއްލުމުގައި ހިންގަމުން އަންނަ މިފްކޯއިން ސަރުކާރުގެ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރާ މެމްބަރުންނަށް މަރުހަބާ ކިޔާ އެކަން އެކުންފުނީގެ ސޯޝަލް މީޑިއާ އެކްސްގައި އަންނަނީ ހިއްސާ ކުރަމުންނެވެ. ކުންފުނީގެ ސީއީއޯގެ މަރުހަބާއާ އެކު ކޮންމެ ކެންޑިޑޭޓަކަށް އަންނަނީ މިފްކޯގެ އުފެއްދުންތައް ހިމެނޭ ހަދިޔާެއެއް ޕެކެއްވެސް ދެމުންނެވެ. މީގެ ފަސް ޕޯސްޓެއްވެސް ކުރިއެވެ. 

މިފްކޯއިން ކުރި ޕޯސްޓްތަކުގައި ވަނީ ކާށިދޫ ދާއިރާގެ ކެންޑިޑޭޓު މުންތަޒިމް އިބްރާހިމް، ގެމަނަފުށި ދާއިރާގެ ކެންޑިޑޭޓު އަސަދުﷲ ޝިހާބު، ހިންނަވަރު ދާއިރާގެ ކެންޑިޑޭޓު މުހައްމަދު އަބްދުއްރަހުމާން، ވިލިނގިލި ދާއިރާގެ ކެންޑިޑޭޓު ޔަޒްމީދު މުހައްމަދު، އަދި ކޮލަމާފުށި ދާއިރާގެ ކެންޑިޑޭޓު އިބްރާހީމް ދީދީ އެވެ.

your imageމިފްކޯއިން ކުރި ޕޯސްޓްތައް، މިހާރު ހުރިހާ ޕޯސްޓެއްވަނީ ޑިލީޓްކޮށްފައި

މީހުންގެ ފާޑުކިޔުންތައް އަމާޒުވާން ފެށުމުން މިފްކޯއިން މިހާރު ވަނީ މި ޕޯސްޓަތައް ޑިލީޓްކޮށްފައެވެ.

މިފްކޯއިން ސަރުކާރު ކެންޑިޑޭޓުންނަށް މަސްދަޅާ މިފްކޯގެ އުފެއްދުންތައް ހަދިޔާގެ ގޮތުގައި ދޭން މި ފެށީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބިގެން މަސްވެރިން ޝަކުވާ ކުރަމުން އަންނަ ދަނޑިވަޅެެއްގައެވެ. އެންމެފަހުން  ރައީސް ޑރ މުއިއްޒު މިއަދު ވިދާޅުވީ މިފްކޯއިން ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދެމުންދާނެކަމަށެވެ. 

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު މިފްކޯ އޮތީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ކަމަށްވާތީ މިފްކޯ އަކީ ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި އަލުން ކަނޑައަޅުއްވާ މިފްކޯގެ ބޯޑަށް މިހާރު ވަނީ ބޭފުޅުން އައްޔަންކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް