ads
މީ ޖެލީ ފިޝް މޫސުން، މޫދަށް އެރޭއިރު ރައްކާތެރިވޭ
މީ ޖެލީފިޝް ފެންނަ މޫސުމަށްވާތީ މޫދަށް އެރުމުގައި ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ޖެލީ ފިޝް ޖެހި ވިހަވެ ނުރައްކާތެރި އަލާމާތެއް ހުރި ނަމަ އެކަމުން ފުރާނައަށްވެސް ނުރައްކާ ވެދާނެކަމަށެވެ. 

އެޗްޕީއޭއިން ވަނީ ޖެލީ ފިޝް އިން ރައްކާތެރިވުމަށް މޫދަށް އެރޭއިރު ހަށިގަނޑުގެ ހުރިހާ ހިސާބެއް ނިވާވާފަދަ ހެދުމެއް ލައިގެން މޫދަށްް އެރިއުޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ޖެލީ ޕިޝްގެ ވިހައިގެ އަސަރުކޮށްފިނަމަ ލަސްނުކޮށް އަވަހަށް ސިއްހީ ފަރުވާ ހޯދުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. 

ޖެލީ ފިޝް ވިހަވުމުން ފެނިދާނެ އަލާމާތްތައް 

  • ދިލަ ނެގުން 
  • ހަންގަނޑު ކުލަ ބަދަލުވެ ހިރުވުން  

ޖެލީ ފިޝް ވިހަވުމުން ނުރައްކާވެދާނެ އަލާމާތްތައް   

  • ވިހަވި ތަނަށް އާދަޔާ ހިލާފަށް ތަދުވުން 
  • އަކުނިވަޔަށް ދެމުން 
  • ބޯ އަނބުރާ ހޮޑުލެވުން 
  • އާދަޔާ ހިލާފަށް ދާ ހިއްލާ މޭގައި ރުއްސުން 
  • ކަރު ބެދި ނޭވާލާން އުނދަގޫވުން

your imageޖެލީ ފިޝްއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް

2022 ވަނަ އަހަރު ވަނީ ހުޅުމާލޭ ގޮނޑުދޮށުން ގިނަ އަދަދަކަށްް "ބްލޫ ބޮޓަލް" ނަމަކަށް ކިޔާ ބާވަތެއްގެ ޖެލީފިޝްތަކެއް ފެނިފައެވެ. މި ބާވަތުގެ ޖެލީ ފިޝްގައި ޖެހުމުން އެތަން ތަން ވަރަށް ބޮޑަށް ކާހާ ރަތްވެ އެ ހިސާބުގައި ރިއްސައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް