ads
ރޮނާލްޑޯ
ރޮނާލްޑޯ ނުވެސް ކުޅޭ، މެސީ ޓީމު ބޮޑު ބައްޔެއް
ޕްރީ ސީޒަން ފްރެންޑްލީގައި، ކްރިސްޓިއާނޯ ރޮނާލްޑޯ ނުވެސް ކުޅެ، މެސީގެ އިންޓަމިޔާމީގެ މައްޗަށް އަލް ނަސްރުން ބޮޑު މޮޅެއް ހޯދައިފިއެވެ.

ސައުދީ އަރަބިއްޔާގައި އަލް ނަސްރާ އިންޓަމިޔާމީ ކުޅުނު މެޗުން އަލް ނަސްރު މޮޅުވީ ހަ ލަނޑު ސުން ލަނޑުގެ ބޮޑު ތަފާތަކުންނެވެ. 

މި މެޗުގައި އަނިޔާގެ ސަބަބުން ރޮނާލްޑޯ ނުކުޅޭއިރު، މެސީވެސް ކުޅުނީ ކުޑަ ވަގުތުކޮޅަކުއެވެ. މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެސީ ކުޅެން ނުކުތީ މެޗު ނިމެން 10 ވަރަކަށް މިނިޓަށްވެފައި ހުއްޓައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް