ads
ވިލިމާލެ ބީޗް
ވިލިމާލޭގައި މޫދަށް އެރޭ ސަރަހައްދު ހިމާޔަތް ކުރަން ވަނީ ނިންމާފައި: ރައީސް
ވިލިމާލޭގެ މޫދަށް އެރޭ ސަރަހައްދު ހިމާޔަތްކުރަން ނިންމާފައި ވާކަމަށް ރައީސް ޑރ. މުޙައްމަދު މުުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ރައީސްގެ ޖަވާބުގެ ނަމުގައި ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމްގެތެރެއިން އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. 

ރައީސް ވިދާޅުވީ، މި ސަރަހައްދުގައި މޫދަށް އެރޭ މާ ގިނަ ސަރަހައްދެއް ނެތް ކަމަށާއި، ވިލިމާލޭގެ މޫދަށް އެރޭ ސަރަހައްދު ހިމާޔަތް ވެގެން ދިއުމަކީ މުހިންމު ކަމެއް ކަމަށެވެ. 

"އިރާދަ ކުރެއްވިއްޔާ ޒޫނާގެ ތި ރިކުއެސްޓަކީ ވަރަށް ގިނަ މީހުންނަށް ފައިދާ ވާނެ ކަމަކަށް ވާތީ އެކަން އިރާދަކުރެއްވިއްޔާ ކުރަން ނިންމާފައިވާ ކަމެއް ވީމަ ޒޫނާ ތި ރިކުއެސްޓް ކުރި ގޮތަށް ތިކަން ހަމަޖެހިގެން ދާނެ،" ވިލިމާލޭގައި މޫދު ބުޅާ ޑައިވް ސެންޓަރު ހިންގާ ޒޫނާ ނަސީމްގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ޑައިވަރުން ތަމްރީން ކުރުން ފަދަ ކަންކަމަށް ހާއްސަކޮށްގެން ދިގު މުއްދަތަކަށް ބިން ދޫކުރެވޭނެ ގޮތެއް ވުމަކީ ވެސް ވަރަށް ބޮޑު އެދުމެއް ކަމަށް ޒޫނާ ވަނީ ބުނެފައެވެ. އެ ފުރުސަތު ހުޅުމާޅެ އެކޭ އެއްގޮތަށް ވިލިމާލޭ ގައި ވެސް ފަހި ވުން ބޭނުންވާ ކަމަށް ބުންޏެވެ.

ރައީސް ވަނީ އެ ފުރުސަތު އޮތް މިންވަރަކުން އެކަންކަން ތަނަވަސް ކޮށް ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް