ads
އިގްތިސާދީ ކުރިއެރުން ހޯދުމަށް ވޯލްޑް ބޭންކާއެކު މަޝްވަރާ
ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުން ހޯދުމަށް ވޯލްޑް ބޭންކާއެކު މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީގު މަޝްވަރާ ކުރައްވައިފިއެވެ.
Advertisement

މި މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާ ސަރަހައްދުގެ ނައިބު ރައީސް މާޓިން ރައިސާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. 

މާޓިން މިއަދު ވަނީ މާލީ ވުޒާރާގެ އިސްވެރިންނާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުން ހޯދުމަށް ވޯލްޑް ބޭންކާ އެކު ކުރިއަށް އޮތް ތަނުގައި ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރިކަމަށް މާލީ ވުޒާރާއިން ބުނެއެވެ. 

މިނިސްޓަރުންގެ ފެންވަރުގައި ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރުންގެ ގޮތުގައި ހަމަޖެއްސި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ކުރީގެ ގަވަރުނަރު އަހުމަދު ނަސީރުވެސް ބައިވެރިވެޑައިގެންނެވިއެވެ. މި ދެބޭފުޅުން ގެންދަވަނީ ކޮންމެ ދުވަހަކު އޮފީހަށް ނުކުންނަވާ މާލީ ވުޒާރާގެ މަސައްކަތްތަކުގައި ބައިވެރިވެޑައިގަންނަވަމުންނެވެ.

your imageވޯލްޑް ބޭންކުގެ ދެކުނު އޭޝިއާ ސަރަހައްދުގެ ނައިބު ރައީސް މާޓިން ރައިސާއެކު މާލީ ވުޒާރާއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން 

މަރުކަޒީ ބޭންކު އެމްއެމްއޭއިން ރާއްޖޭގެ އިގްތިސާދު މިއަހަރު 5.5 އިންސައްތަ ކުރިއަރާނެކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންނަމަވެސް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) މިދިޔަ ހަފްތާގައި އާއްމުކުރި "ގްލޯބަލް އިކޮނޮމިކް އައުޓްލުކް"  ބުނީ ރާއްޖޭގެ އިގްތިސާދީ ދުވެލި މިއަހަރު ހުންނާނީ 5 އިންސައްތައިގައި ކަމަށެވެ. 

އެ ރިޕޯޓްގައިވާ ގޮތުން ރާއްޖޭގެ އިންފްލޭޝަން ރޭޓް މިއަހަރު ހުންނާނީ 2.4 އިންސައްތައިގައެވެ. އަދި ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓުގެ ފަރަގު ދައްކުވައިދޭ ކަރަންޓް ބެލެންސް ހުންނާނީ މައިނަސް 13 އިންސައްތައިގައި ކަމަށްވެސް އައިއެމްއެފްގެ ރިޕޯޓްގައިވެއެވެ. މީ މިދިޔަ އަހަރު ހުރި އަދަދަށްވުރެ 3 އިންސައްތަ ދަށްވުމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް