ads
އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަހުމަދު އަލީ މަގާމުން އިސްތިއުފާ ދެއްވައިފި
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ސިވިސް ސާވިސް ކޮމިޝަނުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މިދިޔަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން އަޙްމަދު ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

އަހުމަދު އަލީ މިއަދު ސީއެންއެމް އަށް ވިދާޅުވީ އޭނާ މަގާމުގައި ދެމިހުރުމަށް މިހާރު ބޭނުން ނުވާތީ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

އަހުމަދު އަލީ ވިދާޅުވީ ކުރިޔަށް އޮތް ތަނުގައިވެސް އެޑިއުކޭޝަން ދާއިރާއިން ފުރުސަތު ލިބިވަޑައިގެންފިނަމަ އެ ދާއިރާއިން ހަމަ ފެނިގެންދާނޭކަމުގަ އެެވެ.

އޭނާ ސަސްޕެންޑް ކުރީ އޭނާގެ މައްޗަށް ތުހުމަތުކޮށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަތަކެއްގެ ސަބަބުންނެވެ.

ޕާމަނަންޓް ސެކްރެޓަރީއަކީ އެ މިނިސްޓްރީއެއްގައި ހުންނަވާ ސިވިލް ސާވިސްގެ އެންމެ އިސް މުވައްޒަފެވެ. ދެހާސް ނަވާރަ ވަނަ އަހަރު ފަސް އަހަރުގެ މުއްދަތަކަށް އެ މަގާމަށް އައްޔަން ކުރައްވާފައިވާ އަޙްމަދަކީ ތައުލީމީ ދާއިރާގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް