ads
ރޯދަމަހުގެ ފަހު 10އެއްގައި މަސައްކަތް ކުރާނެ ގޮތް ރާވަން ރައީސް އަންގަވައިފި
ރޯދަމަހުގެ ފަހު 10 ބަންދުކުރިޔަސް އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދޭން އިންތިޒާމުތައް ހަމަޖައްސަން ރައީސް އަންގަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ޑރ. މުއިއްޒުގެ ރިޔާސީ ވައުދުގައި ހިމެނޭ ރަމަޟާންމަހުގެ ފަހު 10 އެއް މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ބަންދުވާނެކަމަށެވެ. އަދި ފަހު ދިހައެއް ބަންދުކުރަނީ އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަންދިނުމަށް ފުރުޞަތު ދިނުމުގެ ގޮތުންކަމަށެވެ. 

ރަމަޟާން މަހުގެ ފަހުދިހައެއްގައި ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް އިދާރާތަކަށް ރައީސް އަންގަވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މިކަމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާކަމަށާއި އޮފީސްތަކުން ޚިދުމަތްތައް ދިނުމަށް ހަމަޖެހިފއިވާ ގޮތުގެ ތަފްސީލުތައް ރައްޔިތުންނަށް އެންގުމަށްވެސް ރައީސް އަންގަވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް