ads
2023 ވަނަ އަހަރު ބީއެމްއެލްއަށް 1.9 ބިލިއަން ރުފިޔާގެ ސާފު ފައިދާ
ފާއިތުވި 2023 ވަނަ އަހަރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 1.9 ބިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައިވާކަމަށް އެ ބޭންކުން ހާމަކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގައި ބީއެމްއެލްއިން ހަރުދަނާ މާލީ ނަތީޖާ ދަމަހައްޓާފައިވާ ކަމަށެވެ.

އެ ނަތީޖާއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ބޭންކުގެ ސްޓްރެޓެޖީގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް އަމާޒު ހިފާފައިވާއިރު، މިދިޔަ އަހަރުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުން ސާފު ފައިދާގެ ގޮތުގައި ލިބިފައިވާ އަދަދު 17 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.

"މިދިޔަ އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުތަކަށް ބަލާއިރު ސާފު ފައިދާގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ވަނީ ލިބިފައި، މިއީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު %17 ގެ ކުރިއެރުމެއް،" ކާލް ސްޓުމްކަ ވިދާޅުވި އެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި 2023 ވަނަ އަހަރުގެ ފަހު ކުއާޓާގައި ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 361 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ.

މިދިޔަ އަހަރު ބޭންކުގެ އެސެޓަށް 3.5 ބިލިއަނެއްހާ ރުފިޔާ އިތުރުވެފައިވާއިރު، އަހަރު ނިމުނުއިރު ޖުމްލަ އެސެޓް45.4 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

މީގެއިތުރުން ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދުން 1.6 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށާއި، މިދިޔަ އަހަރު ދޫކޮށްފައިވާ ލޯނުތަކުގެ ފެންވަރު ރަނގަޅުވެ، އާންމުންނަށާއި ވިޔަފާރިތަކަށް ފަސް ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައވާ ކަމަށް އެ ބޭންކުން މައުލޫމާތުދެ އެވެ.

ބީއެމްއެލްއިން ބުނެފައިވަނީ އެ ބޭންކުގެ އަމާޒަކީ އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތާއެކު، އާންމުންނަށާއި ވިޔަފާރިތަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް