ads
ރައީސް، ތ. ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން
ދަރަނިވެރިވެފައި ހުރި ކުންފުނިތައް ހަމަޔަކަށް އަޅުވަން ޖެހޭ: ރައީސް
ސަރުކާރުގެ ގިނަ ކުންފުނިތައް އޮތީ ދަރަނިވެރިވެފައި ކަމަށާއި އެ ކުންފުނިތައް ހަމަޔަކަށް އަޅުވަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ރައީސް ޑރ. މުއިއްޒު ތ. ގުރައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި އެކު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރު އައި އިރު ކުންފުނިތައް އޮތީ ވަރަށް ބޮޑަށް ދަރަނިވެރިކޮށްލާފައި ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ރަނގަޅު ހާލަތެއްގައި އޮތީ މަދު ކުންފުންޏެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ކުންފުނިތައް ދަރަނިވެރިވެ ހާލަތު ގޯސްވެފައިވަނީ މިސްމެނޭޖްމަންޓްގެ ސަބަބުން ކަމަށާއި، އެތައް ސަތޭކަ މިލިއަން ރުފިޔާގެ ޕެންޑިން ބިލްތައް އެ ކުންފުނިތަކުގައި އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ.

ކުންފުނިތައް އޮތީ އިންތިހާއަށް ދަރަނިވެރި ކޮށްލާފައިކަން އެބަ އެނގޭ، ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ދެތިން ކުންފުންޏެއް އެކަނި ކިރިޔަކިރިޔާ ވެސް ސަލާމަތުން އޮތީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ރައްޔިތުންގެ ކުންފުނިތައް ކަމަށާއި، އެހެންކަމުން އެ ކުންފުނިތައް ހަމަ މަގަށް އަޅުވަން ޖެހޭ ކަމަށެވެ. 

މީގެއިތުރުން ސަރުކާރުން މަސައްކަތް ކުރަނީ އެފަދަ ހަގީގަތްތަށް ގަބޫލުކޮށްގެން ދެމެހެއްޓެނިވި ތަރައްގީ ގެނެސްދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ތަރައްގީގެ މަސައްކަތުގައި ރަނގަޅު ނަތީޖާއެއް ނުކުންނާނީ އެ މަގުން ކަން ކުރެއްވުމުން ކަމުގައި ރައީސް ފާހަގަ ކުރެއްވި އެވެ.

"އިންތިހާބެއްކުރިއަށް އޮތީމާ، އެ ހަގީގަތްތައް އެއީ ނޫން ކަަމަށް ބަލާފައި ކުރީގައި އާންމުކޮށް ފެންނަ ބީދައިން ކަޑަ ޖަހައިފިއްޔާ އެ ނުވާނެ ނަތީޖާ ނުކުންނާނެ ކަމަކަށް." ރައީސް ވިދާޅުވި އެވެ.

ކުރިއަށް އޮތް ދެ ތިން މަސް ވެގެންދާނީ އިގްތިސޯދީ ގޮތުން އުނދަގޫ އަދި ހައްސާސް ދުވަސްވަރަކަށް ކަމުގައި ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް