ads
މުއިއްޒު ބޭނުމެއް ނުވޭ އިންޑިއާ ސިފައިން ބާލާކަށް : ޔާމީން
ރައީސް ޑރ މުހައްމަދު މުއިއްޒު ރާއްޖެއިން އިންޑިއާ ސިފައިން ބާލަން ބޭނުންނުވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނު އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނޭޝަނަލް ޕްރޮންޓުން ރައްޔިތުން މަޖިލީހަށް ނެރޭ ކެންޑިޑޭޓުން ތައާރަފުކުރަން ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުންގެ ތެރެއިންނެވެ. 

ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސަރުކާރާއި ހިތްހަމަ ނުޖެހި އިންޑިއާ އައުޓް ބަލައި ނުގަނެވުނީ ސަރުކާރުގެ އިސް މަސްއޫލިއްޔަތުތަކެއް އަދާކުރަން ތިބި ބަޔަކު ވަރަށް ދަށު ދަރަޖައިގެ ބަހުން އިޖްތިމާއި މިންގަޑު ފަހަނަ އަޅާ ދާ މިންވަރަށް ވަރަށް ހުތުރު ބަހުން ވާހަކަ ދެއްކުމުންކަމަށެވެ. އޭގެކުރިން އިންޑީއާ އައުޓް ކެމްޕެއިން ގެންދިޔަ އިރު އެ ޤައުމުން ރައްޔިތުންވެސް މި ގައުމުގައި އިންޑިއާ މިލިޓަރީ ތިބެގެން ނުވާނެކަންވެސް  ބަލައިގެންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

"އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނެރުއްވި ގަރާރު، މި ސަރުކާރުން ބާތިލު ނުކޮށް އޮތުމުން ރައީސް ޔާމީން ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. ގަރާރު މި ސަރުކާރުން ބާތިލުނުކުރާނެކަމަށް ރައްޔިތުން މަޖލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ދެއްކެވި ވާހަކަތަކާއި ގުޅުވާ ރައީސް ޔާމީން ވިދަޅުވީ ރައީސް މުއިއްޒު މިގައުމުން އިންޑީއާ ސިފައިން ބާލާން ބޭނުންނުވާކަމަށެވެ. 

" ދެން ގާސިމް މި ދެއްވަނީ ތަރުޖަމާއެއް، މުއިއްޒު ގަރާރު ބާތިލެއް ނުވެސް ކުރެއްވިއޭ ނުވެސް ކުރައްވާނެއޭ، އެހެންވީމަ މުއިއްޒު ބޭނުންމެއް ނުވޭ އިންޑިއާ ސިފައިން މިތަނުން ބާލާކަަށެއް. އަޅުގަނަޑުމެންނަށް ގާސިމް މި ފެންނަނީ މުއިއްޒުގެ ވަރަށް އިސް މުޝީރެއްގެ ގޮތުގައި." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖެއާ އިންޑިއާ އާ ހިތްހަމަ ނުޖެހުމުގެ ހުޅުގަނޑު ރޯކުރީ ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގެ ރައީސް އަބްދުﷲ ޔާމީނު ކަމަށެވެ. އަދި އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވުމަށް ނެރުނު ރައީސް މުއިއްޒު ބާތިލު ނުކޮށް އޮތުމުން އެކަން އެގޮތަށް ކުރަން ބޭނުންވާކަން އެނގޭކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް