ads
ރޯދައިގެ 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށް ކޮމިޓީން ފާސްކޮށްފި
ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން މަޖިލިސް އިންތިހާބު ބާއްވަން އެ މައްސަލަ ދިރާސާ ކުރާ ވަގުތީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުވުމުގައި ވެސް ނިންމީ އެ ބިލު ހުށަހެޅި އިރު އޮތް ގޮތަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ބޭއްވުމަށެވެ.  

ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވެވަޑައިގެން މެންބަރުންގެ އިއްތިފާގުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަސް ނިންމައި، 10 ދުވަހު މަޑުނުކޮށް އިންތިހާބު ބާއްވަން އިސީން އިއްޔެ ކޮމިޓީގައި އެދުނު ނަމަވެސް މިއަދު ލިޔުމުން ހުށަހެޅި ޖަވާބުގައި އެފަދައިން އެދިފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ. 

ކޮމެޓީގެ ނިންމުން މަޖިލީހުގެ ތަޅުމަށް ފޮނުވައިގެން އެ އިސްލާހު ފާސް ވެއްޖެނަމަ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުން އޮންނާނީ ހަ ރޯދަ ނިންމަތާ ތިން ދުވަސް ފަހުންނެވެ.

ވިހި ވަނަ މަޖިލީހަށް މެމްބަރުން ހޮވަން ބާއްވާ އިންތިހާބު ރޯދަ މަހާ ދިމާވުމުން އެކަމުގެ ކަން ބޮޑުވުން ސިޔާސީ ޕާޓީތަކުން އީސީއަށް ވެސް ހުށަހެޅި އެވެ. އިންތިހާބު ބާއްވަން އީސީން އިއުލާނުކޮށްފައިވަނީ މާޗު މަހުގެ 17 އެވެ. އެއީ، ރޯދަ މަހުގެ ފުރަތަމަ ހަފުތާއެވެ.

ރޯދައިގެ ފަހަށް އިންތިހާބު ތާވަލު ނުކުރުމުން އެންމެ ފަހުން އެމްޑީޕީގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ގާނޫނަށް އިސްލާހު ހުށަހެޅުއްވި އެވެ. އެ އިސްލާހުގައި ވަނީ ރޯދަ މަސް ނިމި 10 ދުވަސް ފަހުން އިންތިހާބުތައް ބޭއްވޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު ބަދަލުކުރުމެވެ.

ޝިފާއުގެ އިސްލާހަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ މެންބަރުން ތާއިދެއް ނުކުރައްވަ އެވެ. އެ ސަރުކާރަށް ތާއިދު ކުރައްވާ މެމްބަރުން ވޯޓް ދެއްވީ ބިލާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް