ads
ބައްސާމާ ދެކޮޅަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ފަށައިފި
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ ދެކޮޅަށް އުފުލާފައިވާ މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާގެ ޝަރީއަތް ފަށައިފިއެވެ.

ބައްސާމްއާ ދެކޮޅަށް އުފުލާފައިވާ މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާގެ ޝަރީއަތް ބަލަނީ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ޝަފީއުއެވެ. މި މައްސަލަ ފެށުމުގެ ކުރިން ބައްސާމްގެ ޕާސްޕޯޓް އޮތީ ހިފަހައްޓާފައެވެ. 

މިއަދުގެ ޝަރީއަތުގައި، ބައްސާމްވަނީ ފީފާގެ ދައުވަތަކަށް ރާއްޖޭން ބޭރަށް ދިޔުމަށް ބައްސާމްގެ ޕާސްޕޯޓް ދޫކޮށްދިނުމަށް އެދިފައެވެ. އެހެންނަމަވެސް ޕާސްޕޯޓް ދޫކުރެވެން ނެތް ކަމަށް ކޯޓުން މިއަދުވަނީ ކަނޑައަޅައިފައެވެ. ދައުލަތުންވެސްވަނީ ބައްސާމްގެ ޕާސްޕޯޓް ދޫކުރުމަށް ދެކޮޅު ހަދާފައެވެ. 

ޕީޖީ އޮފީހުން ބުނީ އެކަމަށް ދެކޮޅު ހެދީ އެފްއޭއެމްގެ ފަރާތުން އެހެން މީހަކު ވެސް އެ ބައްދަލުވުމަށް ދިއުމުގެ ފުރުސަތު އޮތުމާއި ބައްސާމްގެ ޕާސްޕޯޓް ދޫކުރަން އޭއެފްސީ އާއި ސްޕޯޓްސް ކޮމިޝަނަރު ނުވަތަ އެފްއޭއެމްއިން ވެސް ރަސްމީކޮށް އެދިފައިނުވާތީ ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް