ads
ދިވެހިރާއްޖޭގެ ހައިކޯޓު - ފޮޓޯ:ހައިކޯޓު
ހައިކޯޓުގައި "ވާނުވާ" މުރާޖައާ ނުކުރެވޭނެ
އިސްތިއުނާފް މައްސަލަތަކާ ގުޅިގެން "ވާނުވާ" ޖަހާފައި ތިބޭ މީހުންގެ ބަންދު މުރާޖައާ ނުކުރެވޭނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނުގައި އޮންނަނީ ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ ބަންދު ކޮންމެ މަހަކު އެއްފަހަރު މުރާޖާކުރަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އިސްތިއުނާފް މަރުހަލާގައި ބަންދުކުރާ މީހުންގެ ބަންދު މުރާޖާ ކުރަންޖެހޭ ކަމަކަށް ގާނޫނުގައި ސާފުކޮށް ބުނެފައެއް ނުވެ އެވެ.

ހައި ކޯޓުގައި ހިނގާ އިސްތިއުނާފް މައްސަލަތަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބޭ މީހުންގެ ބަންދު މުރާޖާ ނުކުރެވޭނެ ކަމަށް ހައިކޯޓުން ކަނޑައެޅީ މަރުގެ މައްސަލައެއްގައި ބަންދުކޮށްފައިވާ މީހެއްގެ ބަންދު މުރާޖައާ ކުރަން ހުށަހެޅުމުންނެވެ.

މާލޭގެ ކެފޭއެއްގެ ތެރޭގައި 2017 ގައި މަރާލި މީހެއްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން ކުރި އަމުރު މުރާޖައާ ކުރަން ދައުލަތުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ހައިކޯޓުން އަންގާރަ ދުވަހު ނިންމީ، އެފަދަ އަމުރުތައް ހައިކޯޓުގައި މުރާޖައާ ނުކުރެވޭނެ ކަމަށެވެ. އެ މައްސަލާގައި ހައި ކޯޓުން ނިންމި ނިންމުމުގައިވަނީ އިސްތިއުނާފް މަރުހަލާގައި ހައި ކޯޓުން ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ ބަންދު މުރާޖާ ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިނުވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް