ads
ބައެއް ވުޒާރާތަކުގެ ޕާމަނަންޓް ސެކެރަެޓަރީން އިސްތިއުފާ ދީފި
ޓޫރިޒަމް މިނިސްޓްރީ އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީން އިސްތިއުފާ ދީފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްއަކަށް ހުރީ ފާތިމަތު ނިލްފާއެވެ. ހޯމް ލޭންޑް މިނިސްޓްރީގެ ޕީއެސްއަކީ އަބްދުއްރަހްމާން ސަލާހު ރަޝީދެވެ. 

ސިވިލް ސާވިސް ކޮމިޝަނުން ބުނީ ޓޫރިޒަމްގެ ޕީއެސް އިސްތިއުފާ ދީނީ މަސައްކަތް ކުރެވޭނެ މާހައުލެއް ނެތުމުން މަގާމުގައި އިތުރަށް ހުންނަން ޝައުގުވެރިކަން ނެތުންމުންކަމަށް ބުނެފައިވާކަމަށެވެ. އަދި ސަލާހު ވެސް އިސްތިއުފާ ދިނީ ހަމަ އެދުވަހުކަމަށް ސީއެސްސީން ބުނެއެވެ. 

ޓޫރިޒަމްގެ ޕީއެސް ނިލްފާ އެ މަގާމާ ހަވާލުވީ 2021 ވަނަ އަހަރުގެ މާރިޗު 10 އެއްގައެވެ. ސަލާހް މަގާމާ ހަވާލުވީ 2020 ވަނަ އަހަރުގެ އޭޕްރިލްމަހުގެ 9 ވަނަ ދުވަހުއެވެ. 

your imageއެޑިއުކޭޝަން މިނިސްޓްރީގެ ޕާރްމަނަންޓް ސެކެޓްރީ އަހުމަދު އަލީ

އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްއަކަށް ހުރި އަހްމަދު އަލީވެސް ވަނީ މިދިޔަ ހަފްތާގައި އިސްތިއުފާދީފައެވެ. އޭނާ އިސްތިއުފާ ދިނީ ސީއެސްސީން ބަލަމުންދާ މައްސަލައެއްގައި ސަސްޕެންޑްކޮށް ގޭގަައި ބަހައްޓާފައި ވަނިކޮށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް