ads
މިއަހަރު ނިމުމުގެ އެމްޕީއެލްގެ ވަސީލަތްތަކުގެ މައްސަލަތަކަށް ހައްލު ހޯދަދޭނަން: ވަޖީހު
މި އަހަރު ނިމުމުގެ ކުރިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލްގެ) އަށް ދިމާވެފައިވާ ވަސީލަތްތަކުގެ މައްސަލަތަކަށް ހައްލު ހޯދަދޭނެ ކަމަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅު ވެއްޖެ އެވެ. މިއަހަރު ނިމުމުގެ ވަސީލަތްތަކުގެ މައްސަލަތަކަށް ހައްލު ހޯދަދޭނަން: ވަޖީހު

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ވަޖީހު ވިދާޅުވީ މި ހިނގާ މި އަހަރު ނިމޭ އިރު އެމްޕީއެލްއަށް ބޭނުންވާ ވަސީލަތްތަކުގެ ދަތިކަން ހައްލުވެގެންދާނެކަމަށާއި މިއަހަރުތެރޭގައި ބޭނުންވާ އިކުއިޕްމަންޓްސް، ވެސެލްސްގެ އިތުރުން މުވައްޒަފުންގެ މަސައްކަތަށް ބޭނުންވާ ޓޫލްސްތައް ވެސް ފޯރުކޮށްދޭނެކަމަށެވެ.

އަޅުގަނޑު ޔަގީންކަން އަރުވަނީ މިއަހަރު ނިމޭ އިރުގައި އެމްޕީއެލްއަށް ބޭނުންވާ ވަސީލަތްތަކުގެ އެއްވެސް މައްސަލައެއް ނޯންނާނެކަމުގެ. ބޭނުންވާ އިކުއިޕްމަންޓްސްއެއް ވެސެލްއެއް އޭގެ އިތުރަށް އަދިވެސް މުވައްޒަފުންގެ މަސައްކަތަށް ބޭނުންވާ ޓޫލްސްތައް ވެސް ފޯރުކޮށްދޭނަށް. އަޅުގަނޑު މިހާރު އެކަންކަން ފާހަގަކޮށްގެން މަސައްކަތް ކުރަމުން މިގެންދަނީ. މުވައްޒަފުންނަށް ވެސް މި ދަންނަވާފައިވާނެ މި އަހަރު ނިމެންވާއިރު ހުރިހާ ކަމެއް ވެސް ހުންނާނީ ނިމިފައޭ. ވަޖީހު ވިދާޅުވި އެވެ.

މީގެ އިތުރުން އެމްޕީއެލްއަށް ދިމާވާ ޖާގައިގެ މައްސަލަ އަކީ އަބަދު ވެސް ދެކެވޭ ވާހަކައެއް ކަމަށާއި މިހާރު ވަނީ އެ މައްސަލަ ހައްލު ހޯދަން ފަށާފައި ކަމަށާއި މާލޭ ކޮމާޝަލް ހާބަރުގެ އާންމު ކެޕޭސިޓީ އަކީ 2500 ޓީޔޫސް ކަމަށް އޭނާ ވިދާޅުވި އެވެ.  ވަޖީހު އިތުރަށް ވިދާޅުވީ  އެއީ ރާއްޖޭގެ ނިސްބަތުން ބަލާއިރު ވަރަށް މަދު އަދަދެއް ކަމަށާއި ނަމަވެސް ޕޯޓްސްއަށް ބަލާއިރު އެއީ ގިނަ އަދަދެއް ކަމަށެވެ. ނަމަވެސް މިހާރު ކޮމާޝަލް ހާބަރުގެ ޓީޔޫސް 3000 އަށް ދެ މަސް ދުވަހުގެ ތެރޭގައި ބަދަލުކުރެވިފައިވާ ކަމަށް ވަޖީހު ވިދާޅުވިއެވެ.

އަޅުގަނޑު ކުންފުުންޏާ ހަވާލުވިތާ ދެ މަހެއް މިވީ. ކުރީގެ ކެޕޭސިޓީ އަކީ 2500. މި ދެ މަސްް ދުވަހުގެ ތެރޭގައި މިހާރު  ޓީޔޫސް 3000 އަށް ބަދަލު ވެއްޖެ. އަދި އެހެން ވީމަ އަޅުގަނޑުމެންގެ ޓާގެޓަކީ އިތުރު 500 ޓީޔޫސް،" ވަޖީހު ވިދާޅުވި އެވެ.

 

އެއާއެކު ޖުމްލަ 3500 ޓީޔޫސް އަށް މާލެ ކޮމާޝަލް ހާބަރު އިތުރުވެގެންދާނެކަމަށާއި މިކަމުގެ ސަބަބުން އެތާނގެ އެތެރޭގައި ހުރި އޮޕަރޭޝަންސްތަކަށް ވަރަށް ބޮޑެތި ހައްލު ލިބިގެންދާނޭކަމަށް ވަޖީހު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް