ads
ރީރަޖިސްޓްރީ ކުރީ 11919 މީހުން، ބޭރުގައި 2 ފޮށި
އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ވޯޓްލާތަން ނޫން އެހެން ތަނެއްގައި ވޯޓްލުމަށް 11919 މީހުން ރީރެޖިސްޓްރީކޮށްފައިވާކަމަށް އިލްކެޝަންސް ކޮމިޝަނުން ބުނެފިއެވެ.

މަޖިލިސް ރީރަޖިސްޓްރީ ކުރަން އިލެކްޝަންސް ކޮމިޝަނުންް 7 ދުވަހުގެ ފުރުސަތު ދިނެވެ. އެ މުއްދަތު ހަމަވިއިރު 13378 މީހުން ރީ ރަޖިސްްރީކުރުމަށް ހުށައެޅިކަމަށް އީސީން ބުނެއެވެ. އެހެންނަމަވެސް އެކި ސަބަބުތަކާއި ހުރެ އޭގެތެރެއިން 1459 ހުށައެޅުމެއް އީސީން ބަލައިގެންފައެއް ނުވެއެވެ. 

ވޯޓްފޮށީގެ އަދަދުތައް 

  • މާލޭގައި  181 ފޮށި
  • ހުޅުމާލޭގައި 50 ފޮށި
  • ވިލިމާލޭގައި 9 ފޮށި
  • އަތޮޅުތަކުގައި 319 ފޮށި
  • ރިސޯޓްތަކުގައި 44 ފޮށި
  • ރާއްޖެއިން ބޭރުގައި 6 ފޮށި
  • ޖަލުތަކުގައި 5 ފޮށި
  • ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި 1 ފޮށި 

މިފަހަރުގެ އިންތިހާބުގައި ރާއްޖެއިން ބޭރުގައި 6 ވޯޓު ފޮށި ބަހައްޓަން ނިންމި ނަމަވެސް ރީރަޖިސްޓަރީ ކުރުމަށް ކަނޑައަޅާފައިވާ ޢަދަދު ހަމަވީ އެންމެ ދެ ޤައުމުގައިކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވިއެވެ. އޭއީ މެލޭޝިޔާ އަދި ލަންކާއެވެ. 

ހަބީބް ވިދާޅުވީ މިހާރު މަޖިލީހުގެ ކޮމެޓިން ފާސްކޮށްފައިވާ އިންތިހާބު ފަސްކުރުމުގެ ބިލް ފާސްވެ އިންތިހާބު ރޯދަމަހަށްވުރެ ފަސްކުރަން ޖެހިއްޖެނަމަ އަލުން ރީރެޖިސްޓްރީ ކުރުމުގެ ފުރުސަތު ދޭނެކަމަށެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބު މިހާރު އޮތް ގޮތުން އޮންނާނީ އަންނަމަހުގެ 17 ވަނަދުވަހުއެވެ. އެހެންނަމަވެސް އިންތިހާބު ފަސްކުރަން މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީން ވަނީ ނިންމާފައެވެ. އެ ބިލު މަޖިލީހުގެ ތަޅުމުން ފާސްކޮށް ރައީސް ތަސްދީގުކުރުމުން އިންތިހާބު ބާއްވަން ޖެހޭނީ ރޯދަމަސް ނިމިގެން 10 ދުވަސް ފަހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް