ads
އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް - ފޮޓޯ: ދަ އެޑިޝަން
އިންތިހާބު ލަސްވިޔަ ކުރިމަތިލާން މުއްދަތު އިތުރެއް ނުކުރާނެ : ހަބީބް
ކުރިޔަށް އޮތް މަޖިލީސް އިންތިހާބު ބާއްވާ ތާރީހު ފަސްކުރި ނަމަވެސް އިންތިހާބަށް ނަން ހުށައެޅުމަށް އިތުރި ފުރުސަތެއް ހުޅުވާނުލާކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ

ރައްޔިތުން މަޖލީހުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަަކަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 31 ވަނަދުވަހުއެވެ. އެ މުއްދަތު ހަމަވާނީ މިމަހުގެ 14 ވަނަދުވަހުއެވެ. 

ނަން ހުށައަޅަން ހުޅުވާލި ފަހުން މިހާތަނަށް ފޯމު ހުށައެޅީ 18 ފަރާތަކުންކަމަށް އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވިއެވެ. ހަބީބް ވިދާޅުވީ އިންތިހާބު ބާއްވަން އޮތް ތާރީހަށް ބަދަލެއް އައި ނަމަވެސް އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ދެން އިތުރު މުއްދަތެއް ނުދޭނެކަމަށެވެ. 

"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް އިޢުލާން ކުރިތާ މިވީ 12 ދުވަސް. އިންތިޚާބަށް ކުރިމަތިލުމަށް ބާކީ ދެން އޮތީ 4 ދުވަސް. އިންތިހާބުގެ ތާރީޚަށް ބަދަލެއް އަޔަސް، އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ދެން އިތުރު މުއްދަތެއް ނުދޭނެ. " ހަބީބް ވިދާޅުވިއެވެ.

މިހާތަނަށް ކުރިމަތިލާފައިވާ ދައިރާތަކާއި ކެންޑިޑޭޓުންގެ އަދަދު 

  • ގަަމު ދާއިރާ   / 1 ކެންޑިޑޭޓް
  • ނިލަންދޫ ދާއިރާ  / 1 ކެންޑިޑޭޓް
  • ހުޅުދޫ އުތުރު ދާއިރާ / 3 ކެންޑިޑޭޓް
  • މީދޫ ދާއިރާ  / 1 ކެންޑިޑޭޓް
  • ވެލިދޫ ދާއިރާ  / 2 ކެންޑިޑޭޓް
  • މައްޗަންގޮޅި މެދު ދާއިރާ  / 1 ކެންޑިޑޭޓް
  • ކޮލަމާފުށި ދާއިރާ  / 1 ކެންޑިޑޭޓް
  • ބާރަށު ދާއިރާ  / 1 ކެންޑިޑޭޓް 
  • ހޮޅުދޫ ދާއިރާ  / 1 ކެންޑިޑޭޓް
  • ކެނދިކުޅުދޫ ދާއިރާ  / 1 ކެންޑިޑޭޓް
  • ދުވާފަރު ދާއިރާ  / 1 ކެންޑިޑޭޓް
  • ހުޅުމާލެ އުތުރު ދާއިރާ  / 1 ކެންޑިޑޭޓް
  • މާފަންނު މެދު ދާއިރާ  / 1 ކެންޑިޑޭޓް
  • ފަރެސްމާތޮޑާ ދާއިރާ  / 1 ކެންޑިޑޭޓް
  • އިހަވަންދޫ ދާއިރާ  / 1 ކެންޑިޑޭޓް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަމަހުގެ ފަހުން ބާއްވަން މަޖިލީހަށް ހުށައެޅި ބިލް ކޮމެޓީން ވަނީ ފާސްކޮށްފައެވެ. ކޮމެޓީންގެ ނިންމުމުގައި ބުނެފައިވަނީ އިންތިހާބު ބާއްވަންވާނީ ރޯދަމަސް ނިމިގެން 10 ދުވަސްފަހުންކަމަށެވެ. 

މިހާރު ހަމަޖެހިފައިވާ ގޮތުން މަޖިލިސް އިންތިހާބު އޮންނާނީ އަންނަ މަހުގެ 17 ވަނަދުވަހުއެވެ. އެއީ ރޯދަމަހުގެ 7 ވަނަ ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް