ads
މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް
މަޖިލީހުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ދިނުމުގެ ޕްލޭނެއް އެކުލަވާލަނީ
ރައްޔިތުންގެ މަޖިލިހުގެ އިދާރީ މުވައްޒަފުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ޕްލޭނެއް އެކުލަވާލާނެ ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މަޖިލިހުގެ މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަން ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، މަޖިލީހުގެ އިދާރީ މުވައްޒަފުންނާ ބައްދަލުކުރެއްވުމުން ބޯހިޔާވަހިކަމުގެ ކަންބޮޑުވުން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ސަރުކާރުގެ އެހެން އިދާރާތަކުގެ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދެމުން ގެންދާއިރު، މަޖިލިހުގެ މުވައްޒަފުންނަށް އެފަދަ ފުރުސަތެއް ނުލިބޭކަން މުވައްޒަފުން ފާހަގަކުރިކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް މަޖިލިހުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، އެހެންކަމުން އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައްލާނެ ކަމަށެވެ.

"އެހެންކަމުން އެ މަސައްކަތް ތިބޭފުޅުންގެ މަޝްވަރާގެ މަތިން، އަމީން އާންމުގެ މަޝްވަރާގެ މަތިން އަޅުގަނޑު ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މަޖިލިހުގެ އިދާރީ މުވައްޒަފުންނަކީ ޕްރޮފެޝަނަލް ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ. މުވައްޒަފުންގެ މަސައްކަތަކީ ވަކި ސިޔާސީ ޕާޓީ އަކަށް ކޮށްދޭ މަސައްކަތެއް ކަމުގައި ނުދެކި، އެއީ ގައުމީ ހިދުމަތެއް ކަމުގައި ދެކިގެން ކުރިއަށް ދިއުމަށް އަސްލަމް އިލްތިމާސް ކުރެއްވި އެވެ.

ރޭގެ ހަފްލާގައި މަޖިލިހަށް އެކި މުއްދަތަށް ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް ގޯލްޑް މެޑައްޔާއި ހަނދާނީ ފިލާ ވަނީ ހަވާލުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް