ads
ހައްޖުގެ ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ ސްކޭމް ކޯލްތަކެއް
މި އަހަރުގެ ހައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރު ކުރުމަށް ކަމަށް ބުނެ އޮޅުުވާލައިގެން ފައިސާ ހޯދަން މަސައްކަތް ކުރަމުންދާތީ ސަމާލުވުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އިލްތިމާސް ކޮށްފި އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ހައްޖުގެ ޖާގަ ކަށަވަރު ކުރުމަށް ކަމަށް ބުނެ އޮޅުވާލައިގެން އެ ކޯޕަރޭޝަންގެ ނަމުގައި ފައިސާ ޖަމާ ކުރަން އެދެމުންދާ ކަމަށެވެ. އަދި ފައިސާ ޖަމާކުރުމަށް އެދެމުން ދަނީ އާންމު ފަރުދުންގެ އެކައުންޓްތަކަށް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެ އެވެ.

ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތަކަށް ފައިސާދައްކަން ޖެހޭނީ ހަމައެކަނި 'މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް'ގެ ނަމުގައިވާ ބޭންކު އެކައުންޓުތަކަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.

"އަމިއްލަ ފަރުދެއްގެ އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް މި ކޯޕަރޭޝަނުން ނާންގާނެ ވާހަކަ ދަންނަވަން" - މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

އެހެންކަމުން އެފަދަ ކޯލްތަކަށް ސަމާލުވުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ވަނީ އެދިފަ އެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ބީއެމްއެލްގެ ނަމުގައި އޯޓީޕީ ހޯދުމާއި، ފްލެޓް ލިބިގެން ކަމަށް ބުނެ ފައިސާ ހޯދުން ފަދަ ކަންކަމަށް ކުރަމުންދާ ކޯލްތައް ރާއްޖޭގައި މިހާރު ވަނީ އާންމުވެފަ އެވެ. އެފަދަ ކަންކަމަށް ސަމާލުވުމަށާއި، އެއްވެސް ފަރާތަކަށް އޯޓީޕީ ހިއްސާ ނުކުރުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް