ads
މައްސަލަނެތް މީހުންގެ ލިސްޓް އޭސީސީން ހައުސިން މިނިސްޓްރީއަށް
ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން އެއްވެސް މައްސަލައެއް ނެތް މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް އެންޓިކޮރަޕްޝަން ކޮމިޝަނުން ހައުސިން މިނިސްްޓްރީއަށް ފޮނުވައިފިއެވެ.

ހައުސިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ފެލްޓް ތަކާއި ގުޅޭގޮތުން އެސީސީން ކުރިޔަށް ގެންދިޔަ ތަހުގީގަށްފަހު ޝަރުތު ހަމަވެ އިތުރު މައްސަލައެއް ނެތް މީހުންގެ ފޯމުތަކުފގެ ލިސްޓެއް މިދިޔަ ބުރާސްފަތި ދުވަހުގެރޭ އެ މިނިސްޓްރީއަށް ފޮނުވާފައިވާކަމަށެވެ. 

އެ ލިސްޓުގައި ހިމެނޭ ފޯމުތަކަކީ ހަމައެކަނި ތަހުގީގުގެ ބޭނުންމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލާވާލާފައިވާ ލިސްޓެއްކަމަށް ވާތީ ފެލްޓް ލިބޭ މީހުން ކަނޑައެޅުމުގެ އިންތިޒާމުތައް މިނިސްޓްރީން ހަމަޖައްސަމުން އަންނަކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ފްލެޓް ލިބުނު މީހުންނަށް އެމީހުންގެ ފްލެޓްތައް ވަރަށް އަވަހަށް ހަވާލުކުރާނެކަމަށް ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވަމުން ގެންދަވާތާ  ދުވަސްތަކެއް ވަނީ ވެފައެވެ. 

އޭސީސީން ފޮނުވި ލިސްޓަށް ލިސްޓަށް ފްލެޓްތައް ދޭނެކަމުގެ އިޝާރާތެއް ހައުސިން މިނިސްޓްރީން ދިންއިރު މައްސަލަ ނެތް މީހުންނަށް ފެލްޓްތައް ދިނުން އަވަސްކުރުމަށް ގޮވާލާ މިދިޔަ ހަފްތާގައި މަޖިލީހަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ ވަނީ މައްސަލައެއް ވެސް ހުށައަޅާފައެވެ.

ދެ މަސްދުވަހަށްވުރެ ދިގު ތަހުގީގަކަށްފަހު އޭސީސީން ބުނީ ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން ޕްލެޓް ލިބުނުކަމަށް ކުރީގެ ހައުސިން މިނިސްޓްރީން ނިންމި މީހުންގެ ތެރެއިން 60 ޕަސެންޓަކީ ޝަރުތު ހަމަނުވާ މީހުންކަމަށެވެ. އަދި 4،000 ފުލެޓަށް ކުރިމަތިލީ މީހުންނަށް ޕޮއިންޓު ދިނުމުގައި އެއް ހަމައަކުން އަމަލުކޮށްފައިނުވާ ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް