ads
ފެނަކައިގެ ޗެއާމަނަކަށް ޝަހީރު
ފެނަކައިގެ ޗެއާމަނަކަށް އަހްމަދު ޝަހީރު އައްޔަންކޮށްފިއެވެ.

ޝަހީރު ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކޮށްފައެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދިނީ އިންތިހާބުން ރައީސް ޔާމީން ބަލިވެ އެ ވެރިކަން ނިމުމުގެ ދެ ދުވަސްކުރިން 15 ނޮވެމްބަރ 2018 ގައެވެ. 

ދަރަނި 4 ބިލިއަނަށްް އަރާ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށްވެސް ދެ ބޭފުޅަކު ވަނީ އައްޔަންކޮށްފައެވެ.

ކުންފުނީގެ ދަރަނި ބޮޑުވެ މުވައްޒަފުންގެ މުސާރައަށް ކުރާ ހަރަދު ޕޭރޯލް ބޮޑުވެ ކުންފުނިން 1000 ގާތްކުރާ އަދަދަކަށް މުވައްޒަފުން ވަނީ ވަކިކޮށްފައެވެ. އެހެންނަމަވެސް އޭގެ ފަހުން ސްޓޭޝަން މެނޭޖަރުންގެ ނަމުގައި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އެކުންފުންޏަށް ނަގަމުންނެވެ. 

މީގެއިތުރުން ކުންފުނިން އަޅަމުން ދިޔަ ބައެއް އިންޖީނުގޭގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާއިރު ކުންފުނީގެ އޮފީސްތައް ހިންގުމަށް އެކި ރަށްރަށުން ކުއްޔަށް އިމާރާތްތައް ހޯދުމުގެ މަސައްކަތްވެސް ފެނަކައިން އަންނަނީ ކުރަމުންނެވެ. އަދި ދާދިފަހުން ވަނީ ގާތްގަޑަކަށް 3 މިލިއަން ހަރަދުވާނެކަމަށް ބެލެވޭ ގޮތަށް ކުންފުންޏަށް އެއް ފަހަރާ 250 ކޮމްޕިއުޓަރ ސިސްޓަމްވެސް ހޯދަން އިއުލާންކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް