ads
މާޔަން ވައްޓާލާ، ފަށް ފޭރިގަން މީހުން އަތުލައިގެންފި
މަޝްހޫރު ކުޅިވަރު ޝަހްސިއްޔަތު، މާޔަން މުހައްމަދަށް މަގުމަތިން ހަމަލާދީ، ކަރުގައި އޮތް ރަން ފަށް ފޭރިގަން މީހުން އަތުލައިގެންފިއެވެ.

މާޔަން ބުނީ އިއްޔެ އޭނާ ދުވެފައި އަންނަނިކޮށް، މަގުމައްޗަށް ވައްޓާލާ، ކަރުގައި އޮތް ރަން ފަށް ފޭރިގަތީ ސައިކަލެއްގައި އައި ދެ މީހުން ކަމަށެވެ.  

ފުލުހުން ބުނީ މި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އޭއީ އުމުރުން 25 އަހަރާއި 27 އަހަރުގެ ދެ ފިރިހެނުންކަމަށް ފުލުހުން ބުނެއެވެ. އަދި މި މީހުންނަކީ ދިވެހިންކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. 

އިއްޔެ މި ހާދިސާ ހިންގުމުން މާޔަން ވަނީ އެ ފަށް ވިއްކަން ބަޔަކު އުޅޭނަމަ ނުވަތަ އެ ފަށް އެއްވެސް މީހަކު އަޅައިގެން ހުއްޓާ ފެނިއްޖެނަމަ އެކަން އަންގާދިނުމަށްވެސް އެދިފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް