ads
އުރީދޫގެ ދޯހާ މެރަތަން ލަކީޑްރޯގެ ނަސީބުވެރިން ހޮވައިފި
އުރީދޫގެ ދޯހާ މެރަތަންގައި ބައިވެރިވުމަށް ގަތަރަށް ދިއުމުގެ ފުރުސަތު ލިބޭ ލަކީ ޑްރޯގެ ނަސީބުވެރިން ހޮވައިފި އެވެ.

އުރީދޫއިން ބުނީ މި އަހަރުގެ ދޯހާ މެރެތަންގައި ބައިވެރިވުމުގެ ފުރުސަތާއެކު ހިލޭ ގަތަރު ޓްރިޕް ލިބޭ ލަކީ ޑްރޯގެ ނަސީބުވެރިން އުރީދޫ އިން މިއަދު އިއުލާނުކޮށް، އެ ފަރާތްތަކަށް މަރުހަބާ ކިޔާފައިވާ ކަމަށެވެ.

އުރީދޫގެ ލަކީ ޑްރޯގެ ނަސީބުވެރިންގެ ގޮތުގައި ހޮވިފައިވާ ދެ ކަސްޓަމަރުންނަކީ އަފީފް އަބްދުލް ސަމަދް އާއި މުހައްމަދު އަހްމަދެވެ. އެއާއެކު މި ދެ ފަރާތަށް ވަނީ މި އަހަރުގެ ދޯހާ މެރަތަންގައި ދުވެލުމަށް ހިލޭ ގަތަރަށް ދަތުރުކުރުމުގެ ފުރުސަތު ލިބިފަ އެވެ.

އުރީދޫއިން ބުނި ގޮތުގައި ލަކީ ޑްރޯގެ ނަސީބުވެރިން ހޮވާފައިވަނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ޕޫލްގެ ތެރެއިން ކަމުގަ އެވެ. އެގޮތުން ހޮވިފައިވާ ދެ ނަސީބުވެރިންނަކީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު އުރީދޫގެ އެކްޓިވް ކަސްޓަމަރެއްގެ ގޮތުގައި ތިބި، ހާފް މެރެތަން ނުވަތަ ފުލް މެރެތަން ފުރިހަމަކޮށްފައިވާ، ދަތުރުކުރުމަށް ސައްހަ ދިވެހި ޕާސްޕޯޓެއް ވެސް އޮތް ފަރާތްތަކެއް ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

މީގެއިތުރުން މި ލަކީޑްރޯއަކީ ސިއްހަތާއި ފިޓްނަސް ކުރިއަރުވުމަށާއި، މުޖުތަމައާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ހިންގި ލަކީ ޑްރޯއެއް ކަމަށް އުރީދޫއިން ބުނެ އެވެ. އަދި މިއީ އުރީދޫ ކަސްޓަމަރުންނަށް ތަފާތު އެކި ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތުގެ ރަމްޒީ ހެއްކެއްގެ ގޮތުގައި އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ބާއްވާ މި މެރަތަން އޮންނާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް