ads
ރައީސް މުއިއްޒުގެ އިގްތިސާދީ އިސްލާހީ ސިޔާސަތުތަކަށް އައިއެމްއެފްގެ ތައުރީފު
ރައީސް މުއިއްޒުގެ އިގްތިސާދީ އިސްލާހީ ސިޔާސަތުތަކަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއެވާ ތައުރީފުކުރައްވައިފި އެވެ.
Advertisement

މި ބައްދަލުވުމުގައި އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއެވާ ވަނީ ރާއްޖެއަށް ބޭރުގެ ލޮޅުންތަކާއި އެތެރޭގެ ގޮންޖެހުންތަކާ ދެކޮޅަށް ވަރސައިޓަލް އިގްތިސާދެއް ވަރުގަދަ ކުރުމަށް ފުރިހަމަ މާލީ ސްޓްރަކްޗަރަލް ރިފޯމްތަކާއި ކޮންސޮލިޑޭޝަން ސްޓްރެޓެޖީތައް ތަންފީޒު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

 އެކަމަނާ ވަނީ ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު އާ ސަރުކާރަށް ކުރިމަތިވެފައިވާ މާލީ ހާލަތުގެ ދަތިކަމަށް އަލިއަޅުވާލައްވާ، ޖޯޖިއެވާ ވަނީ ވިސްނުންތެރި މާލީ ފިޔަވަޅުތައް އެޅުން އަވަސްކުރުމުގެ މުހިއްމުކަމަށް އަލިއަޅުވާލައްވައި، ރައީސްއަށް މަސައްކަތުގެ ބޮޑުމިނަށް އަލިއަޅުވާލައްވާފައެވެ.

ރައީސް މުއިއްޒުގެ ޕްރޮއެކްޓިވް ސްޓޭންޑާއެކު ނިންމެވި ނިންމުންތަކާއެކު، ކުރިއަށް ހުރި ވިސްނުންފުޅުގެ އުސޫލަށް ފާހަގަކޮށް، އެކަމަނާ ވަނީ ރައީސް ހުވާކުރެއްވުމަށް ފަހު ގައުމާ މުހާތަބު ކުރެއްވި އިރު ދެއްކެވި ވާހަަކަފުޅުގައި، ޕަބްލިކް ސެކްޓަރ އަށް ގެންނަ އިސްލާހުތަކަށް ތައުރީފު ކުރެއްވާފައެވެ.

 ރައީސް މުއިއްޒު އިސްކޮށް ހުންނަވައިގެން އިގްތިސާދީ އިސްލާހީ އެޖެންޑާއަށް ފުރިހަމައަށް އިތުބާރު އެބައޮތްކަމަށާއި ރާއްޖެއަށް ތަނަވަސް މުސްތަގުބަލެއްގެ ބިންގާ އެޅުމުގައި ސަރުކާރުން އަޅާފައިވާ އަދި ނިންމާ ފިޔަވަޅުތަކަށް ޖޯޖިވާ ވަނީ ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.

ރައީސް އިސްވެ އާންމުންނާ ބައްދަލުކޮށް ހިޔާލު ހޯއްދަވާތީ ތައުރީފު ކުރައްވައި، ސަރުކާރުގެ އިސްނެގުމުގައި ވިސްނުންތެރިކަން އިތުރުކޮށް، ހާމަކަން ބޮޑު ގޮތެއްގައި މުއާމަލާތް ކުރުމަށް ކުރާ މަސައްކަތަށް ތައުރީފު ކުރެއްވި އެވެ.

 ގުދުރަތީ ރީތިކަން އޮތް ނަމަވެސް ތިމާވެށީގެ ނާޒުކު ގައުމެއްގެ ގޮތުގައި ރައްޖޭގެ ތަފާތު މަގާމެއް ދެނެގަނެ، އާ އިންވެސްޓްމަންޓްތަކުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކާއި އެޑެޕްޓޭޝަން ފަދަ އެއްބާރުލުން ދިނުމުގެ އިތުރުކުރުމުގެ ދާއިރާތަކާ ބެހޭ ގޮތުން ވެސް ރައީސް އާއި އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ވަނީ ވާހަކަ ދައްކަވާފަ އެވެ. 

ރައީސް ޑރ. މުއިއްޒު ވަނީ އައިއެމްއެފް އާއި ރާއްޖެއާއި ދެމެދު އޮންނަ ގާތް ގުޅުމަށް އަލިއަޅުވާލައްވައި، އައިއެމްއެފްއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. 

ކްރިސްޓަލީނާ ޖޯޖިއެވާ އަކީ ވޯލްޑް ބޭންކުގެ ކުރީގެ ސީއީއޯ އަދި ޔޫރަޕިއަން ކޮމިޝަންގެ ބަޖެޓް އެންޑް ހިއުމަން ރިސޯސަސްގެ ނައިބު ރައީސްގެ މަގާމު ވެސް އަދާކުރެއްވި ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް