ads
މާލެ އާއި ހުޅުމާލޭގައި ބޭނުންނުކޮށް ބަހައްޓާފައިވާ އުޅަނދުތައް ނައްތާލަނީ
މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކުގެ ވެރިފަރާތްތަކަށް އެ އުޅަނދުތައް ނައްތާލުމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްްރީން ބުނީ އެއްގަމު އުޅަނދު ތޮއްޖެހުމުގެ ސަބަބުން މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށާއި އާންމުނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމުގެ ބޭނުމުގައި، ކުރު އަދި ދިގު ރާސްތާގައި ކުރެވިދާނެ މަސައްކަތްތަކެއް ނިންމާފައިވާ ކަމަށެވެ.

އޭގެތެރެއިން އެންމެ ފުރަތަމަ ފަށަން ނިންމާފައިވާ މަސައްކަތަކީ އުޅަނދުގެ ވެރިފަރާތް ވޮލަންޓިއާކޮށް އުޅަނދު ނައްތާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހަމަޖައްސައިދިނުން ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެ މަސައްކަތުގެ މަގްސަދަކީ މާލެ ހުޅުމާލޭގެ މަގުތަކުގައި ގިނަ ދުވަހު ބޭނުންނުކޮށް ބަހައްޓާފައިވާ އުޅަނދުތަކުގެ ސަބަބުން މަގުމަތި ފުރި، ހަތަރު ލޭނުގެ ނަގުތައް ދެ ލޭނަށް ކުޑަވަމުން ދިއުމުގެ ސަބަބުން މަގުމަތި ބޭުންކުރާ ފަރާތްތަކަށް އެކަމުގެ ސަބަބުން ކުރިމަތިވަމުންދާ އުނދަގޫތަކަށް އަވަސް ހައްލެއް ހޯދުން ކަމުގަ އެވެ.

އެގޮތުން މާލެ އާއި ހުޅުމާލޭގައި ހުރި އެފަދަ އުޅަނދުތައް ނައްތާލަން ބޭނުންވެ އެ ފުރުސަތު ނުލިބިފައިވާ ފަރާތްތަކަށް، މިނިސްޓްރީއާއި ފުލުހުންނާއި ވެމްކޯ ގުޅިގެން ޕްރޮގްރާމެއް ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން މާޗު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ.

މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށާއި، އެ މިނިސްޓްރީގެ މެއިލް އާއި ރިސެޕްޝަނުން ވެސް ފޯމް ބަލައިގަންނާނެ ކަމަށެވެ.

އަދި ފޯމްތަކުގެ މައުލޫމާތު ސައްހަކަން ކަށަވަރުކުރުމަށްފަހު އެފަރާތުގެ އުޅަނދު ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ހޮޓްލައިން 1511 އަށް ގުޅުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް