ads
ޕޯޓަލްގެ އެކްސެސް އަދިވެސް ނުލިބޭ، ފްލެޓްް ދެވޭނީ ލިބުމުން: ވަޒީރު
ގެދޮރުވެރިން ޕޯޓަލްގެ އެކްސެސް ހައުސިން މިނިސްޓްރީއަށް އަދިވެސް ނުލިބޭކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން މިނިސްޓަރު ވިިދާޅުވީ އެންޓި ކޮރަޕްޝަނުން ހައުސިން މިނިސްޓްރީ އަށް ގެދޮރުވެރިޔާ ޕޯޓަލަށް އަދިވެސް އެކްސެސް ނުދޭކަމަށެވެ. އަދި ޝަރުތު ހަމަވާ މީހުންނަށް ފްލެޓު ނުދެވިގެން އުޅެނީ އެ ސަބަބާއި ހުރެކަމަށް މިނިސްޓަރ ހައިދަރު ވިދާޅުވިއެވެ. 

ފްލެޓް މަސައްކަތުގައި މިހާރު ކުރަމުން އަންނަނީ ޝަރުތު ހަމަވާ ކަމަށް އޭސީސީއިން ކަނޑައަޅާފައިވާ ފަރާތްތަކަކީ ކޮބައިކަން ދެނެގަތުން ކަމަށާއި އެހެންނަމަވެސް އެކަން ވާންވެސް އޮތީ ޕޯޓަލްގެ އެކްސެސް ލިބުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި  އޭސީސީގެ ތަހުގީގުގެ ފުރަތަމަ މަރުހަލާއަށް ފަހު މިނިސްޓްރީއާ ހިއްސާކޮށްފައިވަނީ ޝަރުތު ހަމަވާ މީހުންގެ ފޯމު ނަންބަރު ޖަހާފައިވާ ލިސްޓެއް އެކަނިކަންވެސް މިނިސްޓާރ ފާހަގަކުރެއްވިއެވެ. 

އެ ލިސްޓުގައި ހުރީ އަދި ފޯމު ނަންބަރުތަކެއް. އަޅުގަނޑުމެންނަށް ޕޯޓަލްގެ އެކްސެސްއެއް ވެސް ނުލިބޭ، އޭސީސީގެ ތަހުގީގު އަދި ފުރިހަމަ ނުވާތީ. ދެން ޕޯޓަލްގެ އެކްސެސް ލިބުނީމަ އެ ނަންބަރުތައް ހިމެނެނީ ކޮން ބައެއްކަން ފާހަގަކުރެވޭނީ. އެ ފާހަގަކޮށްފައި، މި މަސައްކަތް ކުރަނީ ވީހާވެސް އަވަހަށް ޝަރުތު ހަމަވި މީހުންނަށް ފްލެޓު ހަވާލުކުރެވޭތޯ.މިނިސްޓަރު ވިދާޅުވިއެވެ.

މި ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުން އޭސީސީގެ ތަހުގީގުގައި 4،048 މީހުންގެ ފޯމު ބަލާފައިވާއިރު އޭގެ ތެރެއިން 59 އިންސައްތަ މީހުން ޝަރުތު ހަމަނުވާ ކަމަށް ވަނީ ބުނެފައެވެ.

މި ނިންމުމާއި ގުޅިގެން މިނިސްޓަރު ހައިދަރު ވިދާޅުވީ 59 އިންސައްތައަކީ އަކީ މެޖޯރިޓީއަށް ވުރެ މާ ބޮޑު އަދަދެއްކަމުން  އެ ވަރަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅުމުން ކީއްވެގެން ކަން ޝަރުތު ހަމަނުވަނީ އޮޅުންފިލުވާ ބަލަން ޖެހޭކަމަށެވެ. އަދި އޭސީސީއިން ފޮނުވި ސިޓީގައި ވަރަށް ރަނގަޅަށް އެ ވާހަކަ ލިޔެފައި އޮތްނަމަވެސް ޕޯޓަލަށް ނުވެދެވޭތީ ހައުސިން މިނިސްޓްރީއަށް އެ ރީޗެކް ކުރުމުގެ ފުރުސަތެއް ނެތަކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

ދެ ތިން ދުވަހެއްގެ ތެރޭގައި ޕޯޓަލްގެ އެކްސެސް ދޭނެ ކަމަށް އޭސީސީއިން މި ހަފްތާގެ ކުރީކޮޅުގައި ބުނެފައިވާ ކަމަށާއި އަދި ފްލެޓު ހަވާލު ކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށައި، ދެ ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މނިސްޓަރު ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމް އަކީ މިދިޔަ ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުއެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް