ads
9 ވަނަ ބުރިން ވެއްޓުނު މީހާ މަރުވެއްޖެ
ޗާންދަނީ މަގުގައި ހުރި އިމާރާތެއްގެ ނުވަ ވަނަ ބުރިން މިއަދު ހެނދުނު ވެއްޓުނު ބިދޭސީ މީހާ އަށް ފަރުވާ ދެމުން އަންނަނިކޮށް މަރުވެއްޖެ އެވެ

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިޔާ އޮފިސަލް ވިދާޅުވީ އެ މީހާ މަރުވެފައި ވަނީ މިއަދު 13:40 ގައި ކަމުގައެވެ.

އިންޑިއާގެ އުމުރުން 20 އަހަރުގެ އެ ފިރިހެންމީހާ ވެއްޓުނީ އޭސީއެއް މަރާމާތު ކުރުމުގެ މަސައްކަތް ކުރަން އުޅެނިކޮށް އެ އިމާރާތުގެ ނުވަ ވަނަ ބުރީގެ ސިޑި ގޮޅިން ބިންމައްޗަށެވެ.

ފުލުހުން ކުރިން ބުނީ، ހެނދުނު 10 ޖަހާކަންހާއިރު އެ މީހާ ވެއްޓި، އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ހާލު ވަރަށް ސީރިއަސް ކަމަށެވެ.

 

Male ge imaaraathakun meehaku vettigen faruvaa dhenee

އެފަދަ ހާދިސާއެއް ހިނގާފައި ވާއިރު، މީގެ ކުރިން އިމާރާތުން ވެއްޓި މީހުން މަރުވެފައިވެސް ވެ އެވެ. ހާއްސަކޮށް މަސައްކަތުގައި އުޅޭ ބިދޭސީންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް